ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭވެހި ގިނަ ގެތަކަކަށް ވަނީ ފެންވަދެ ބޮޑެތި ގެއްލުތަކެއްވi

ހަބަރު

ޖުލައި މަހު ކުރި ވިސާރައިގައި 4 ރަށަކުން 96 ގެއަކަަށް ގެއްލުންވެފައިވޭ

ޒައިން ޠާލިބް - ދިވެހި ރާއްޖެ | 25 ޖުލައި 2022 , ހޯމަ 16:19   328

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ 9 ރަށެއްގެ 96 ގެއަކަށް ގެލުން ލިބިފައިވާކަމަށް ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓް (NDMA) އިން އަންގައިދެއެވެ.

ޖުލައި 23 ވަނަ ދުވަހާއި ހަމައަށް 9 ރަށަކުން 261 "ޑެމޭޖް އެސެސްމެންޓް ރިޕޯޓް" ހުށަހަޅާފައިވާކަމަށް ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓް ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓުން ވިދާޅުވާ ގޮތުގައި ބޯކޮށް ވާރޭ ވެހުމާއި އުދަައެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެލުން ލިބިފައި ވަނީ ދަނޑުވެރިން ނަށެވެ. އެގޮތުން 4 ރަށަކުން، 110 ގޭ ބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާކަމަށް ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓް ވިދާޅުވެއެވެ.

މީގެ އިތުރުން ވިޔަފާރިތަކަށާއި ސަރުކާރުގެ އިމާރާތްތަކަށާއި އިޖުތިމާޢީ އިމާރާތްތަކަށް ގެއްލުން ލިބިފައިވާކަމަށް، ހުށަހަޅާފައިވާ ފޯމުތަކުގައި ފާހަގަކޮށްފައިވެއެވެ.

ޖުލައި މަހުގައި މޫސުން އެންމެ ގޮސްވެފައިވަނީ މަހުގެ ކުރީކޮޅުގަ އެވެ. ނަމަވެސް އެ މުއްދަތުގައި ގެއްލުންތައް ރިޕޯޓްކުރި ގިނަ އަދަދެއްގެ ރަށްރަށުށް ގެއްލުން ހުށަހަޅާފައި ނުވާކަން ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓްއިން ފާހަގަކުރެއެވެ. އަދި ބައެއް ރަށްރަށުން ފޯމު ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަންވެސް އެ ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓް އިން ވަނީ ފާހަގަކޮށްފައެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.