މާލޭގެ މަގެއްގައި އާރުޓީލްގެ ބަހެއް ދުއްވަނީ

ހަބަރު

އައްޑޫ، ފުވައްމުލައް، އަދި ލާމަށް، ބަސްތައް ފޮނުވަން ފަށައިފި

ޒައިން ޠާލިބް - އައްޑޫ އަތޮޅު | 27 ޖުލައި 2022 , ބުދަ 10:22   363

އެމްޓީސީސީން އައްޑޫ، ފުވައްމުލަކު އަދި ހައްދުންފުށި (ލ.) އަށް ބަސް ފޮނުވަން ފަށައިފި އެވެ.

މިބަސްތައް ވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު 36 ރާއްޖެ ގެނެސްފައެވެ.

މިއީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަސްތަކެއް ކަމަށާއި ދިގުމިނުގައި 20 ފޫޓު ހުރުމުން ދުއްވަން ފަސޭހަވާނެ ކަމަށެވެ. އެ ބަސްތަކުގައި 16 މީހުން އުފުލޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ ކުރިންވެސް ވަނީ ބަސް ދަތުރުތައް ފެށުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ހިދުމަތް ލަސްވެފައިވާއިރު، އެއްވެސް އިދާރާއަކުން އަދި ރަސްމީކޮށް ހިދުމަތް ފަށާނެ ދުވަހެއް އިއުލާންކޮށްފައެއް ނުވެ އެވެ. އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމުގެ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އަލަށް ދަތުރުކުރާ 36 ބަހުގެ ތެރެއިން 12 ބަހަކީ މާލެއަށް ދަތުރުކުރާ ބަސްތަކެއް ކަމަށާއި ބާކީ ހުރި ބަސްތަކަކީ އަތޮޅުތަކަށް ދަތުރުކުރާ ބަސްތަކެކެވެ.

ޓެގްސް: ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.