ޗައިނާގެ އިގްތިސާދީ ކުރިއެރުން ދައްވުން..

ހަބަރު

ޗައިނާގެ އިގްތިސާދީ ކުރިން އަންދާޒާކުވަރަށް ކުރި ނާރާނެކަމަށް ބުނެފި

ޒަހީން ޠާލިބް - ދުނިޔެ | 2 އޯގަސްޓު 2022 , އަންގާރަ 21:50   410

ޗައިނާގެ މިއަހަރުގެ އިގުތިސާދީ ކުރިއެރުން ކުރިން އަންދާޒާ ކުރި ވަރަށް ނާރާނެ ކަމުގެ ސިގްނަލްތަކެއް ޗައިނާއިން ދީފިއެވެ. މައިގަނޑު ސަބަބެއްކަމަށް އެޤައުމުން ބުނަނީ، ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުކުރަންޖެހުމާއި އެކު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ބަރުދަން ބޮޑުވުމުންދިއުމެވެ.

އަދި ޗައިނާއިން ޢަމަލު ކުރަމުންގެންދާ ޒީރޯ ކޯވިޑް ސިޔާސަތުގެ ސަބަބުން ބޮޑެތި ސިޓީތައް ފުލް ނުވަތަ ޕާރޝިއަލް ލޮކްޑައުންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވިދާޅުވާގޮތުން އެ ޕާޓީގެ އަމާޒަކީ ކުރިއެރުން "އެކަށީގެންވާ ރޭންޖެއްގެ ތެރޭގައި" ބެހެއްޓުމެވެ.

އަދި ނެރުނު ބަޔާނެއްގައި ރައީސް ޒީ ޖިންޕިންގް ވިދާޅުވާގޮތުގައި ވީހާވެސް އަވަހަކަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.

ކުރިން ކަނޑައެޅި ރަސްމީ ގްރޯތް ރޭންޖް ޓާގެޓަކީ %5.5 ، ނަމަވެސް މިހާރު ލަފާކުރެވޭ ގޮތުން އެ ގްރޯތް ރޭންޖްއަކަށް ޗައިނާގެ އިގްތިސާދް ނާރަފާނެކަމަށެވެ. ވީމާ %5.5 ގެ ގްރޯތް ޓާގެޓަކީ މިހާރު ޗައިނާގެ ޓާގެޓް އެއް ނޫނެވެ.

މި މަހުގެ ކުރީކޮޅުގައި ޗައިނާއިން ބުނެފައިވަނީ ، އެގައުމުގެ އިގްތިސާދު ދެވަނަ ކުއާރޓަރުގައި ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ ބޮޑެތި ސިޓީތަށް ކަމުގައިވާ ޝަންހާއީ އާއި މާލީ ބޮޑެތި މަރުކަޒުތާކައި މެނުފެކްޗަރިން ހަބްތަށް ކޯވިޑާ ގުޅިގެން ވަނީ އެކީ އެއްކޮށް ބަންދު ކޮއްފައެވެ.

ޗައިނާގެ އެއް ޒަމާނެއްގައި ކުރިއަރަމުން އައި އިމާރާތްކުރުމުގެ ވިޔަފާރިއަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.