ކްރެޑިޓްސް :ނިއޯމް

ހަބަރު

ސައުދި އަރަބިއާއިން 106 މޭލު ދިގު ސިޓީ ހޮޓަލެއް ހަދަނީ

ޒައިން ޠާލިބް - މެދުއިރުމަތި | 2 އޯގަސްޓު 2022 , އަންގާރަ 10:16   430

ސައުދީ އަރަބިއާގެ އާބަން ޕްރޮޖެކްޓް "ދަ ލައިން" ގެ ދަށުން 106 މޭލަށް ވުރެ ދިގުމިނުގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއްގައި 9 މިލިއަން މީހުން ދިރިއުޅޭނެ ގޮތަށް ތަރައްގީގެ ޕްލޭން އެކުލަވާލާފައިވާކަމަށް އެގައުމުން ބުނެފިއެވެ.

މުސްތަގްބަލުގެ މި ސިޓީ ހެދިގެން ދާނީ ގަލްފް ގައުމުތަކާއި ދިމާލުން ހުޅަނގު އުތުރުގައި ކަމަށް އެ ރަސްކަމުގެ މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވި އެވެ.

"ދަ ލައިން" އަކީ ކަނޑުގެ ލޮނުގަނޑުން 500 މީޓަރު މަތީގައި ހުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސިޓީއެއްގެ ގޮތުގައި އަދި 200 މީޓަރު ފުޅާމިނުގެ އިމާރާތެއް ކަމަށް ހުށަހަޅާފައިވެ އެވެ. އެއީ 34 އަކަ ކިލޯމީޓަރު ފުޅާމިނުގެ ތަނެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޑިޒައިންގެ ތަފްސީލުތައް މަދު ނަމަވެސް، ޑިޒައިންގެ ފަހަތުގައި ތިބި މީހުން ބުނާ ގޮތުގައި ''ދަ ލައިން'' މުޅިން ވެސް ހިގާނީ ރިނިއުވަބްލް އެނާޖީން ކަމަށާއި، ކާރުތަކާއި ގޭސް ބޭރު ކުރާނެ އެވެއްސް އުޅަނދެއް ނުހުންނާނެ ކަމަށެވެ. އަދި ހައިސްޕީޑް ރޭލް އިން ގުޅާލެވޭނެ ކަމަށް ނޫސްބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ނިއޯމް މަޝްރޫއަށް ސައުދީ ސަރުކާރާއި ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު ގެއިތުރަށް ބިން ސަލްމާން ޗެއާމެން ކުރައްވަމުން ގެންދަވާ ސޮވަރިން ވެލްތު ފަންޑުގެތެރެއިން 500 ބިލިއަން ޑޮލަރުގެ އިތުރުން އެގައުމުގެ އިންވެސްޓަރުންނާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ތަރުޙީބު މި ޕްރޮޖެކްޓަށް ލިބޭނެކަމަށް އެގައުމުން ދެކެއެވެ.

ފުރަތަމަ 2025 ވަނަ އަހަރަށް ތާވަލުކުރިއިރު ނަމަވެސް، މަސައްކަތް ނިންމުމުގެ ތާރީހު ވަނީ އިތުރު ފަސް އަހަރު ފަހަތަށް ޖައްސާފައެވެ. ނަމަވެސް ޕްރިންސް ވިދާޅުވީ އެ ބިޔަ މަޝްރޫއު ދަނީ ކުރިއަށް ކަމަށެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.