އިކުޓޯރިއަލް ފިޝިންގ ކްލަބްގެ ފަރާތުން ބޭއްވި ޙަރަކާތުގެތެރެއިން

ހަބަރު

ޕްރޮފެޝަނަލް ސްޕޯޓްސް ފިޝިންގ އާއިގުޅޭ މަޢްލޫމާތު ދިނުމުގެ ޙަރަކާތެއް އައްޑޫސިޓީގައި ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 4 އޯގަސްޓު 2022 , ބުރާސްފަތި 12:07   602

އިކުއެޓޯރިލް ފިޝިންގ ކްލަބްގެ ފަރާތުން އައްޑޫގައި ކުޑަކުދިންނަށް ސްޕޯޓްސް ފިޝިންގ އާއިގުޅޭ މަޢްލޫމާތު ދިނުމާއި ބައެއް ހުނަރުތައް ކިޔާދިނުމުގެ ބޭނުމުގައި ޙަރަކާތެއް އައްޑޫ ސިޓީ މަރަދޫގައި ބާއްވައިފިއެވެ.

ކްލަބްގެ ފަރާތުން ވާހަކަ ދައްކަވަމުން، ކްލަބްގެ ރައީސް ޢަލީ އާދިލް މުޙައްމަދު ވިދާޅުވީ މިއީ ޕްރޮފެޝަނަލް އެންގްލާސް ނުވަތަ ސްޕޯރޓްސް ފިޝިންގ އަށް ކުދިން އަހުލުވެރިކުރުމަށްޓަކައި، ބައިނަލްއަޤްވާމީ އިދާރާ ކަމަށްވާ، އިންޓަނޭޝަނަލް ގޭމް ފިޝިންގ އެސޯސިއޭޝަން (އިގްފާ) އާއި ގުޅިގެން، އެ އިދާރާގެގެ އެއް މިލިއަން އެންގްލާސް ޕްރޮގްރާމްތެރެއިން ހިންގާފައިވާ ޙަރަކާތެއްކަމަށެވެ.

އަޅުގަނޑުމެން އަސްލު ޓާގެޓްކުރީ 20 ކުދިންނަށް. އެކަމަކު 45 ކުދިން ރަޖިސްޓްރީކޮށްފައިވޭ. އެހެންކަމުން ރަނގަޅު ތަރުޙީބެއް ލިބިފައިވާކަމަށް ގަބޫލުކުރެވެނީ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ޕްރޮގްރާމްތައް މެދުނުކެނޑި ޖަމްޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާނެ.

~ ޢަލީ އާދިލް މުޙައްމަދު، އިކުއެޓޯރިލް ފިޝިންގ ކްލަބް

އާދިލް ވިދާޅުވީ އިކުއެޓޯރިލް ފިޝިންގ ކްލަބް އަކީ ބައިނަލްއަޤްވާމީ ސްޕޯޓްސް ފިޝިންގ އާއި ބެހޭ އިދާރާ، އިންޓަނޭޝަނަލް ގޭމް ފިޝިންގ އެސޯސިއޭޝަން (އިގްފާ) ގައި ރަޖިސްޓްރީކުރެވިފައިވާ ހަމައެކަނި ދިވެހި ކްލަބްކަމަށެވެ.

މީގެކުރިން ވެސް އެޖަމްޢިއްޔާއިން މިފަދަ ޕްރޮގްރާމްތައް ހިންގާފައިވާއިރު، މިލިބުނު ތަރުޙީބަށް ބަލައި، ކުރިއަށް އޮތްތަނުގައި ސްކޫލްތަކަށް އަމާޒުކުރައްވައިގެން އިތުރު ޕްރޮގްރާމްތައް ހިންގަވާނެކަމަށެވެ.

ޓެގްސް: ސްޕޯރޓްސް ފިޝިންގ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.