އިއްޔެ އައްޑޫ ސިޓީއިން ފެނިފައިވާ ސީލް (ފޮޓޯ: އައިކް އަޝްރަފް)

ހަބަރު

ސީލްއެއް ފެނުމުން، "އެއްގޮތަކަށް ވެސް ކޮށްގެންނުވާނެ ކަންކަން" - ފުލުހުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 އޯގަސްޓު 2022 , ހޯމަ 11:09   1280

ރާއްޖޭގެ އެންމެ ދެކުނު ކަމުގައިވާ އައްޑޫ އަތޮޅުން ދެ ސީލްއެއް ފެނުމައިއެކު ގިނަބައެއްގެ ސަމާލުކަން އަމާޒުވިއެވެ.

ސީލްއެއް ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އަހަރުމެންގެ ވެށިން ޢާއްމުކޮށް ފެންނަ އެއްޗެއްނޫންކަމުން، ގިނަ ދިވެހިންނަށް ސީލްއެއް ދެކިލުމުގެ ތަޖުރިބާ ނުހުރެދާނެއެވެ. މި ފެނުނު ދެ ސީލްގެ ކުރިން، ދިވެހި ރާއްޖެއިން ސީލްއެއް ފެނިފައިވަނީ 2002 ވަނަ އަހަރުއެވެ.

ސީލް ބަލަންދިޔަ ބަޔަކު ބުނީ، އެތާ ތިބި ހުރިހާއެންމެން ވެސް ވަރަށް އެންޓަރޓެއިން ކޮށްދިން [ހިތްހަމަ ޖައްސާލަދިން] ކަމަށެވެ. ސީލް އަކީ މޫދުގައި އުޅުމުގެ އިތުރުން އެއްގަމަށް އެރެވޭ ކަނޑުގެ ޖަނަވާރެކެވެ. ސީލް ނޫނަސް އެކިޒާތުގެ ޖަނަވާރުތައް، އެކި މޫސުންތަކާއި ދިމާކޮށް ރާއްޖެ އާދެއެވެ. އަދި ބައެއް އެފަދަތަކެތި، ރާއްޖޭގައި މަޑުކޮށްލުމަށްފަހު، ކޮންމެވެސް އެހެން މަންޒިލަކަށް ހިޖުރަކުރެއެވެ.

ކޮންމެއަކަސް، އަޅުގަނޑުމެން ދިވެހިންނަކީ ތިމާވެއްޓަށް ނުހަނު ލޯބިކުރާކުރާ ބަޔަކަށްވެފައި، ދިވެހިރާއްޖޭގެ އިޤްތިޞޯދު ބަރޯސާވަނީ ގުދުރަތީ ރީތިކަމުގެ މައްޗަށްކަމަށް ވާތީ، އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރަންވާނީ ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއިއެކުއެވެ.

ސީލްއެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތުގެ ބައެއް އިރުޝާދުތައް ފުލުހުން ހިއްސާކުރައްވާފައިވާއިރު، ތިރީގައި މިވަނީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާކަންކަމެވެ.

  • ވަކި ޚާއްޞަ ބޭނުމެއް ނެތި ސީލްއާއި ގާތްވުން
  • ސީލްގައި އަތްލުން
  • ސީލްއަށް ކާންދޭން މަސައްކަތް ކުރުން
  • ސާލާމަތްކޮށްދީ ބޭރުކުރަން މަސައްކަތްކުރުން

ސީލް އެއް ފެނިއްޖެނަމަ އެހީތެރިވެވިދާނެ ޙާލަތްތައް

  • ޕްލާސްޓީކް، ނުވަތަ ވާފަށަކުން ނުވަތަ އެބާވަތުގެ އެފަދަ އެއްޗަކުން ސީލް ހައްޔަރުވެ ސާލާމަތްނުވެވި އޮތުން
  • ސީލް ވަރަށް ބޮޑަށް އަނަރޫފަވެ، ވަރުބަލިވެފައި އޮތުން
  • ސީލް ވަރަށް ބޮޑަށް ޒަހަމްވެ އަނިޔާވެފައި އޮތުން ނުވަތަ ލޭ އައުން

މިއިން ޙާލަތެއް ދިމާވެފައިނުވާނަމަ އެއާ ގާތްނުވުމަށް ކަމާއިބެހޭ އިދާރާތަކުން މީގެކުރިން ވެސް އިސްތިމާސްކޮށްފައިވެއެވެ. އަދި އިއްޔެ ސޯޝަލް މީޑިއާގައި ޢާއްމުވެފައި ބައެއް ވީޑިއޯތަކުގައި ސީލްއަށް ކާންދިނުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ މަންޒަރު ފެނިފައިވެއެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.