ލޭވީ ވައިރަސް - މިހާތަނަށް 35 މީހަކަށް މިވައިރަސް ޖެހިފައިވE

ހަބަރު

ޗައިނާގެ އިރުމަތީ ސަރަހައްދެއްގައި، ޖަނަވާރުންނާއި ގުޅުންހުރި އާ ވައިރަހެއް ފެތުރެން ފަށައިފި

ޒަހީން ޠާލިބް - ދުނިޔެ | 11 އޯގަސްޓު 2022 , ބުރާސްފަތި 11:52   235

ޗައިނާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ލަންޔާ އިން ޖަނަވާރުންނާއި ގުޅުންހުރި އާ ވައިރަސް އެއް ޓްރެކް ކުރެވިފައިވާކަމަށާއި އަދި އެ ވައިރަސް ޗައިނާގެ 35 މީހަކަށް ޖެހިފައިވާކަމަށް އެޤައުމުގެ ސައިންސްވެރިންނާއި ޙަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ. މިވައިރަސް އަށް ދެވިފައިވާ ނަމަކީ ލޭވީ އެވެ.

ދިރާސާކުރާފަރާތްތަކުން ބުނާގޮތުގައި، ސައިންސްވެރިއެއްކަމުގައިވާ ސިންގަޕޫރުގެ ޑޫކް-އެންޔޫއެސް މެޑިކަލް ސްކޫލުގެ ވަންގް ލިންފާ ވިދާޅުވީ ގޮތުން މިހާތަނަށް ފެނުނު ލޭވީގެ ކޭސްތަކަކީ މަރުވާ ނުވަތަ އެހާ ސީރިއަސް ކޭސްތަކެއް ނޫން ކަމަށާއި އެހެންކަމުން "ބިރުގަންނަން ނުޖެހޭ" ކަމަށެވެ.

ނަމަވެސް ގުދުރަތީ ގޮތުން އުފެދިފައިވާ ގިނަ ވައިރަސްތަކުން އިންސާނުންނަށް ޖެހޭއިރު ލަފާނުކުރެވޭ ބިރުވެރި ނަތީޖާތަކެއް ލިބޭތީ އަދިވެސް ސަމާލުވާން ޖެހޭ ކަމަށް މިސްޓަރ ވަންގް ވިދާޅުވި އެވެ.

ލޭވީ ވައިރަސް އަކީ ޖަނަވާރުތަކުން އިންސާނުންނަށް ފެތުރޭ ޒޫނޮޓިކް ވައިރަސްތަކުގެ ކެޓަގަރީއެއް ކަމަށްވާ ހެނިޕާވައިރަސްގެ ވައްތަރެކެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ވިދާޅުވީގޮތުން ސައިންސްވެރިން ލަފާކުރާ ގޮތުގައި މީހުންގެ ގައިންގަޔަށް އަރާ. ނުވަތަ އުފެދިގެން އަންނަ ކޮންމެ ހަތަރު އިންފެކްޝަސް ޑިޒީޒްގެ ތެރެއިން ތިން ބަލި ޖެހެނީ ޖަނަވާރުންގެ ސަބަބުން ކަމަށެވެ.

ވަލު ޖަނަވާރުންތައް އެކި ގޮއްގޮތައް ބޭނުންކުރުން އިތުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ އެކު ދުނިޔެއަށް މިފަދަ ބަލިތައް އިތުރަށް ފެންނާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް އިން މީގެ ކުރިން ވަނީ އިންޒާރު ދީފަ އެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.