ހިތަދޫ ފަޅުތެރޭގައި އަޅާފައި ތިބި މަސްވެރިކަމަށް ބޭނުންކުރާ ކުދި އުޅަނދުތަކެއް

ހަބަރު

ކަނޑަށް ވެއްޓުނު ހިތަދޫ މަސްވެރިޔާ ފަތާފައި ގޮސް ފުވައްމުލަކަށް އަރައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޯގަސްޓު 2022 , ހުކުރު 09:26   1532

އައްޑޫ ސިޓީ ހިތަދޫ އިން މަހަށްދިޔަ ލޯންޗުން ކަނޑަށް ވެއްޓުނު މީހާ ފަތާފައި ގޮސް ފުވައްމުލަކަށް އަރައިފިއެވެ.

ކަނޑަށް ވެއްޓިފައިވަނީ ސ.ހިތަދޫ ކެޔޮޅުގޭ، އަލީ މަނިކުފާނު (އަލިބެ) ކަމަށް މަޢްލޫމާތު ލިބެއެވެ. އަލިބެ ކަނޑަށް ވެއްޓުނީ ސީދާ ކޮންގަޑިއެއްގައި ބުނަން ނޭގުނަސް، ވެއްޓިފައިވަނީ މަހަކާއި އެކުކަމަށް އަލިބެ އާއި ޙަވަލާދީ އޭނާގެ ރައްޓެއްސަކު ބުނެފައިވެއެވެ. އަލިބެ ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރިނަމަވެސް ޙާލު ރަނގަޅުވަމުން އަންނަކަމަށް ޢާއިލާއިން ބުނެއެވެ.

އަލިބެ މަހަށް ދިޔައީ ގާތްގަނޑަކަށް 18 ފޫޓުގެ ކުޑަ ލޯންޗެއްގައި އެކަންޏެވެ. ދަތުރުކުރަމުން ދިޔައީ ގާތްގަނޑަކަށް ހިތަދޫ އާއި 13 މޭލު ބޭރުންނެވެ.

އެމްއެންޑީއެފް އިން އަންނަނީ އަލިބެ ދަތުރުކުރި ލޯންޗު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ކަނޑު ޙާދިސާތައް ހިނގަމުން އަންނައިރު، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ޓެގްސް: ގެއްލިގެން ހޯދާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.