ސަދަންކެއަރ ކްލިނިކުން މީހަކު ނިކުންނަނީ، މިއީ އަތޮޅުތަކުގެ މީހުންނަށް މުހިއްމު ޚިދުމަތަކަށް ވެގެންދާނެ

ހަބަރު

"ސަދަން ކެއަރ ކްލިނިކް" އިން އާދީއްތަ ދުވަހާއި ހަމައަށް ހުރިހާ ޚިދުމަތެއް ހިލޭ!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 އޯގަސްޓު 2022 , ހޮނިހިރު 22:14   1886

ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، އައްޑޫ ސިޓީ ހިތަދޫގައި، އަމިއްލަ ފަރާތަކުން "ސަދަން ކެއާރ" ގެ ނަމުގައި ކްލިނިކެއް ހުޅުވައިފިއެވެ. މިކްލިނިކް ހުޅުވާފައިވަނީ ހުކުރު ދުވަހު ހަވީރުއެވެ.

.

ސަދަން ކެއަރ ގެ ފަރާތުން އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، އެކުންފުނީގެ އެއް ޙިއްސާދާރު، ހަސަން އަފީފު ވިދާޅުވީ، މިކްލިނިކް ވަރަށް ބޮޑަށް ޚާއްސަވެގެން ދާނީ ހިތުގެ ފަރުވާ، ދަތުގެ ފަރުވާ، އަންހެންނުންގެ ބަލިތަކުގެ ފަރުވާ، ކަށީގެ ފަރުވާ، އަދި ކުޑަކުދިންގެ ފަރުވާފަދަ ސަބް-ސްޕެޝަލިޓީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްކަމަށެވެ.

މިގޮތުން މިހާރުވެސް އެތަނުގައި ފެންވަރު ރަނގަޅު ދަތުގެ ލެބޯޓްރީއެއްގެ އިތުރުން، ފާމަސީއަކާއިއެކު، އެހެނިހެން ޓެސްޓްހަދާނެ ޒަމާނީ ލެބޯޓްރީއެއް ވެސް ތައްޔާރުކޮށްފައިވާކަމަށެވެ. އަދި މިލެބޯޓްރީތަކުގައި، މިވަގުތު އައްޑޫގައި ހެދެން ނެތް، ކިތަންމެ ޓެސްޓެއް ހެދުމުގެ ޤާބިލްކަން އެބަހުރިކަމަށެވެ.

މިއަދު މިއީ އަޅުގަނޑުމެންގެ ފުރަތަމަ ދުވަސް. މިއަދު މިހާތަނަށް 15 މީހަކު ޚިދުމަތް ހޯދައިފި. އޭގެތެރޭގައި އަތޮޅުން ބޭރުގެ ފަރާތްތައް ވެސް ހިމެނޭ. ދެން އަޅުގަނޑުމެންގެ އެތެރެހަށީގެ ބަލިތަކަށް ފަރުވާދެއްވަން [އިންޓާނަލް މެޑިސިން] މިހުންނެވީ ޑރ. އަދިތްޔާ. އެއީ ވަރަށް ތަޖުރިބާކާރު އަދި ގިނަ ބަޔަކު ދަންނަ ޑޮކްޓަރެއް. އެބޭފުޅާ ވަނީ މީގެކުރިން ޓްރީޓޮޕްގައި ވެސް ބަލިމީހުން ބައްލަވާފަ.

~ ހަސަން އަފީފް، ސަދަން ކެއަރ

އަފީފް އިތުރަށް ވިދާޅުވީ، ހަފްތާ ބަންދާއި ދިމާކޮށް އަބަދުވެސް މަޤްބޫލު ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ގެންނަވާނެކަމަށެވެ. މީގެތެރޭގައި ހިތުގެ ޑޮކްޓަރުން ވެސް ހިމެނެއެވެ. މަޝްހޫރު ކަށީގެ ޑޮކްޓަރުންކަމުގައިވާ ޑރ. ހަބީބް އަދި ޑރ. މުޒްނީ ވެސް ކުރިއަށް އޮތްތަނުގައި ވަޑައިގެން ފަރުވާ ދެއްވާނެކަމަށެވެ. އަދި ސާޖަނުންގެ ގޮތުގައި ވެސް ތަޖުރިބާކާރު ބޭފުޅުން ތިއްބަވާނެއެވެ.

ސަދަން ކެއަރ އިން މާލޭގެ އެހެން ކްލިނިކްތަކެކޭ އެއްފަދައިން އާސަންދައިގެ ޚިދުމަތް ލިބޭނެއެވެ. އެކުންފުނިން ވަނީ، ހުކުރު ދުވަހުން ފެށިގެން ފުރަތަމަ ތިންދުވަހު (އާދީއްތަ ދުވަހާއި ހަމަޔަށް) ހުރިހާ ޚިދުމަތެއް ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައެވެ.

އަދި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރާއިރު، އަގުތައް ބޮޑުނުވާނެކަމުގެ ޔަޤީންކަން ސަދަންކެއާރ އިން ދެއެވެ.

ސަދަންކެއާރ އިން ދެއްވި ޚާއްޞަ އިންޓަވިއު

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.