ޕޯލެންޑާއި ޖަރުމަނާއި ދެމެދުގައިވާ އޯޑާ ކޯރުގައި މަސްތައް މަރުވެފައި

ހަބަރު

ޖަރުމަނުގެ "އޯޑާ ކޯރު" ގައި އާދަޔާ ހިލާފަށް ގިނަ ޢަދަދަކަށް މަސްތައް މަރުވާން ފަށައިފި

ދީދާތު ރަޝީދު - އައްޑޫ އަތޮޅު | 15 އޯގަސްޓު 2022 , ހޯމަ 10:01   359

ޕޯލެންޑާއި ޖަރުމަނާއި ދެމެދުގައިވާ އޯޑާ ކޯރުގެ އައްސޭރީގައި އެތައް ހާސް މަރުވެފައިވާ މަސްތައް ލައްގާފައިވާ ސަބަބު އެ ގައުމުތަކުގެ ކަމާބެހޭ ފަރާތަކުން ދަނީ ދިރާސާކޮށް ހޯދަމުންނެވެ.

މިހާތަނަށް ކުރި ދިރާސާަތަކުން ދައްކާ ގޮތުގައި ކޯރަށްވަނީ ނުރައްކާތެރި ކެމިކަލްތަކެއް އެޅިފައެވެ. ނަމަވެސް އެއީ ސީދާ ކޮންކަހަލަ ކެމިކަލްތަކެއްކަން ފާހަގަ ކުރެވިފައި ނެތެވެ.

މިއާއިގުޅިގެން ޖަރުމަނާއި ޕޮލެންޑް ސަރުކާރުން ވަނީ ކޯރާއި ދުރުވުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ. މިފަދަ ހާދިސާތަކާއި ގުޅޭ ޖަމީޢާތަކަށް އެކުގައި ހަލުވިކަމާއެކު މަސައްކަތް ނުކުރެވޭކަމީ އޯޑާ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނަށް ހުރި ގެއްލުމެއްކަން ބައިނަލްޢަޤުވާމީ މީޑީއާތަކުން ފާހަގަކުރެއެވެ.

މިދިޔަ ހުކުރު ދުވަހު ޕޮލެންޑުގެ ބޮޑުވަޒީރު މަޓޭއުސް މޮރަވިއެކީ ވިދާޅުވެފައިވާ ގޮތުގައި ކޯރު ރަނގަޅުވާން "އަހަރުތަކެއް" ނަގާފާނެ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މަރުވެފައިވާ ގިނަ އަދަދެއްގެ މަސްތަކެއް ވަނީ އޯޑާ ކޯރުން ނަގާފައެވެ. އަދި ޕޮލެންޑްގެ ތަހުގީގީ ވެބްސައިޓް އޯކޭ.ޕްރެސްގެ ނޫސްވެރިއެއް ކަމަށްވާ ކަޓާޒިނާ ކޮޖާރު ވިދާޅުވީ މަސްތަކުގެ އިތުރުން ބީވަރސް، ދޫނި އަދި އަސްދޫނިތަކަށް ވެސް މިކެމިކަލްތަކުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.