ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވެކްސިންގ ޑޯޒެއް ފުރިހަމަކުރައްވަނީ.

ހަބަރު

މިދިޔަ ހަފްތާގައި 6 މީހަކު އެޑްމިޓްކުރިއިރު، ޖުމްލަ ކޮވިޑްކޭސްތައް އުޅެނީ 100 އިން ދަށުގައި

ދާނިޝް - ދިވެހި ރާއްޖެ | 16 އޯގަސްޓު 2022 , އަންގާރަ 10:32   271

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދަކީ 98 ކޭސްއެވެ. މިއީ މިމަހުގެ 7 އިން 13އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 18 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 40 މީހެއްގެ އިތުރުން އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވި 40 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. ކޭސްތައް 100 އަށް ވުރެ ދަށްވެއްޖެކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

ކޯވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ޢަދަދުވެސް މިހާރު ދަށްވާން ފަށައިފައިވާ އިރު، މިދިޔަ ހަފްތާގައި އެޑްމިޓްކޮށްފައިވަނީ 6 މީހުންނެވެ.

އެޗްޕީއޭ އިންވަނީ, ވެކްސިން ފުރިހަމަކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނިކުންނައިރު މާސްކް އެޅުމަށާއި، އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާޒް ކުރައްވާފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 184689އަށް އަރާފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް 307 މީހަކު ނިޔާވެފައިވެއެވެ.

ޓެގްސް: ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.