މިއަދު ހަވީރު ހިތަދޫ ފެކަނަ އޮފީސް ކުރިމަތީ ހުރި ޑްރެއިން ވަޅުގަނޑަކަށް ކާރެއް ވެއްޓިފައި،

ހަބަރު

އައްޑޫގެ މަގުތަކުގައި ނުރައްކާ، އިންޒާރެއް ނެތް! ޒިންމާވާނެ ބައެއް ނެތް!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 އޯގަސްޓު 2022 , އަންގާރަ 17:50   912

މިދުވަސްވަރަކީ އައްޑޫ ސިޓީގައި، އިންޑިއާ ސަރުކާރުގެ ލޯނު އެހީގެ ދަށުން މަގު ހެދުމުގެ ބިޔަ ޕްރޮޖެކްޓެއް ހިނގަމުންދާ ދުވަސްވަރެކެވެ.

.

މިޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދިގެން ދާއިރު މިމަސައްކަތް ކުރަން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދިން ލޯނަކާއިއެކު، މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާއިން ޝަރުތުކުރި އެގައުމުގެ ކުންފުންޏެއް ކަމުގައިވާ އެފްކޯން ކޮންސްޓްރަކްޝަން އާއިއެވެ. އެއީ ތިލަމާލެ ބްރިޖްގެ މަސައްކަތްވެސް ކުރަމުންދާ ކުންފުންޏެވެ.

ނަމަވެސް، މަސައްކަތްކުރިއަށްދާ ގޮތާއި ދޭތެރޭ ނުރުހި، އައްޑޫގެ ވަރަށް ގިނަބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. އަދި މިމަސައްކަތްތަކުގެ ތެރެއިން ނުރައްކާތެރި އަދި ގެއްލުންބޮޑު އެތައްކަމެއް ކޮންމެ ދުވަހަކުވެސް ރައްޔިތުން ދަނީ ތަޖުރިބާކުރަމުންނެވެ. އޭގެ ތެރޭގައި ގޭގޭގެ ފާރުވެއްޓުމާއި، މީހުންނާއި އަގުބޮޑުކޮށް ގަނެފައިހުންނަ ވެހިކަލް ތައް ވަޅުގަނޑުތަކަށް ވެއްޓި ވެހިކަލްތަކަށް ލިބޭ އަނިޔާގެ އިތުރުން މީހުންގެ ހަށިތަކަށް އަނިޔާ ލިބެމުން ދިއުންވެސް ހިމެނެއެވެ.

އައްޑޫ ސިޓީ މަގެއް މަގުހެދުމުގެ މަސައްކަތްކުރަމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅިފައިނުވޭ، ވާރޭވެހި ފެންބޮޑުވާއިރު މީހުންނަށް މިވަޅުތައް ފާހަގަނުކުރެވި، ވަޅުގަނޑުތަކަށް ވެއްޓި ބޮޑެތި އަނިޔާ ދަނީ ލިބެމުން.

ބައެއް ފަރާތްތަކުން ބުނާގޮތުގައި އެފްކޯންސް އިން މަސައްކަތްކުރަނީ ބައިނަލްއަޤްވާމި މިފަދަ މަސައްކަތްކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި ޚިލާފަށެވެ. މަސައްކަތްކުރަމުންދާ ގަޑިތަކުގައި، މަގުކޮނުމުގައި ވެސް އެއްވެސް އިންޒާރު ބަހައްޓައި، މަސައްކަތްކުރާ ސަރަޙައްދުގައި ޓޭޕް ދަމާފައި ނުހުރެއެވެ. އަދި ވާރޭވެރި ފެން ބޮޑުވުމުން އެވަޅުގަނޑުތައް ފާހަގަ ކުރެވޭނެ ގޮތެއް ނުހުރެއެވެ.

ހިތަދޫގެ ރައްޔިތަކު އެކްސްޕްރެސް ނޫހާއި ވާހަކަދައްކަމުން ބުނީ، ޢުމުރުން ދުވަސްވީ އެތައްބަޔަކު މިވަޅުގަނޑުތަކަށް ވެއްޓި އަނިޔާ ލިބެމުންދާކަމަށެވެ. ބައެއް ނޫސްވެރިންނަށް ވެސް މިފަދަ ތަޖުރިބާތަކާއި ކުރިމަތިލާންޖެހިފައިވާކަން ފަހަގަކުރަމެވެ.

މިއަދު ހަވީރު ވެސް ހިތަދޫގައި ނުރައްކާތެރި ޙާދިސާއެއްގައި، ހިތަދޫ ފެނަކަ ކުރިމަތިން ކާރެއް ކާނެއްގެތެރެއަށް ވެއްޓިފައިވާއިރު، އެއްވެސް އިންޒާރެއް ބަހައްޓާފައިނުވެއެވެ. މިކަމުގައި ވެސް އެއްވެސް ބަޔަކު ޒިންމާނަގާފައި ނުވާއިރު، ފުލުހުން ޙަރަކާތްތެރިވެފައިވާ މަންޒަރު ފެނިފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، މަގުބަންދުކުރުމާއި، ހުއްދަތައް ދޫކުރުމާއި، ޒީނަތްތެރިކޮށް ބެލެހެއްޓެމާއި، އުސޫލްތަކާއި ޚިލާފުވާނަމަ ފިޔަވަޅުއެޅުމުގެ މުނިސަޕަލް ޒިންމާ އޮންނަނީ ސިޓީ ކައުންސިލްގައިކަމަށް މީގެކުރިން ޕްލޭނިންގް މިނިސްޓްރީގެ އޮފިޝަލަކު ބުނެފައިވެއެވެ.

މިއަދުގެ ޙާދިސާ އާއިގުޅޭ ވީޑިއޯ

ޓެގްސް: އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.