ރާއްޖޭގެ މަސްފެކްޓްރީއެއް

ހަބަރު

ރާއްޖެއިން އިންޑިއާއަށް ބޭރުކުރާ މަހުގެ އުފެއްދުން ތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލައިފި

ދާނިޝް - ދިވެހި ރާއްޖެ | 18 އޯގަސްޓު 2022 , ބުރާސްފަތި 16:19   242

ދިވެހިރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓޫކުރާ މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލައިފިއެވެ.

މި ޑިއުޓީ ކަނޑާލާފައިވަނީ ދިވެހި ސަރުކާރާއި، ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެމިގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށް އެކްސްޕޯޓްކުރުމަށް ނަގަމުން އައި ޑިއުޓީ އެއްކޮށް ކަނޑާލާފާފައިވަނީ މިމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރާއި، ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ އާއިއެކު ކުރެވުނު މަޝްވަރާ ތަކަށް ފަހުގައެވެ.

ސާކުގެ ހުރިހާ ޤައުމެއްގެ ބައުވެރިވުން އޮންނަ ސަފްޓާ އަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ. ފިޝަރީސް މިނިސްޓްރީގެ ތަފާޗް ހިސާބުތަކަށް ބަލައި އިރު، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުން ތަކުން 281 ޑޮލަރުގެ ގެއްލުން މިފްކޯއަށް ލިބިފައިވެއެވެ. މިނިސްޓީއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ޖޮންޖެހުމަކީ މަސް އެސްކްޕޯޓް ކުރުމުގައި ނަގާ ޓެކްސްގެ މިންވަރެވެ. އަދި މިހާރު އިންޑިއާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ، ޒީރޯ ޑިއުޓީއަށް ބަދަލުވުމުނެ މަސްވެރިންނަށް ހަމަ އަގު ހޯދުމަށް ފުރުސަތު ލިނިގެން ދާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ދެކެއެވެ.

މި ނިންމުމާއި އެކު ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިންޑިއާގައި އޮންނަ މާކެޓްކޮށް ރަނގަޅުވެ އާމްދަނީ އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށް ލަފާކޮށްފައިވެއެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.