ތެލުގެ އަގުތަކަށް ހެޔޮ ބަދަލެއް

ހަބަރު

ރާއްޖޭގައި ތެލުގެ އަގުތައް ހެޔޮވެއްޖެ

ދާނިޝް - ދިވެހި ރާއްޖެ | 18 އޯގަސްޓު 2022 , ބުރާސްފަތި 08:59   350

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ހެޔޮ ބަދަލު ތަކެއް ގެންނަން ނިންމައިފާވައިކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ރޭގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން (18.08.2022)، އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަގުތަކަށް ގެނައި ބަދަލާއި އެކު އެސްޓީއޯއިން 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ވިއްކާނީ 16.32ރ. އަށެވެ. މިއީ 45ލ. ހެޔޮ އަގެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.55ރ. އިން 15.97ރ. އަށް ހެޔޮކޮށްފަ އެވެ. މިއީ 58ލ. ގެ ހެޔޮވުމެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރު ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އައްނުފޯރާ ފަށަށް އުފުހިގެން ގޮސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ދަށްވާން ފަށައިފައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ރަޝިއާ އަދި ޔޫކްރެއިން ދެމެދު ހިނގަމުންދާ ހަނގުރާމައެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 140 ޑޮލަރަށް އުފުލުނެވެ. ނަމަވެސް، މިހާރު އެ އަގު ވަނީ 86 ޑޮލަރަށް ވެއްޓިފަ އެވެ. އެއީ އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތަކުން ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ޓެގްސް: ތެލުގެ އަގުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.