ހެރީ ކޭން

ހަބަރު

އާޖެންޓީނާގެ ފޯވާޑްސާޖިއޯ އަގުއެރީ ގެ ރެކޯޑް، ހެރީ ކޭން މުގުރައިލައިފި

ދާނިޝް - ޔޫރަޕް | 21 އޯގަސްޓު 2022 , އާދީއްތަ 09:50   323

މެންޗެސްޓާ ސިޓީ ކުޅުނު އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ، އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން މުގުރާލައިފި އެވެ.

މި ރެކޯޑް އިނގިރޭސި ގައުމީ ކެޕްޓަން ކޭން މުގުރައިލީ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްފާ އިން 1-0 އިން ވުލްވްސް ބަލިކުރި މެޗުގެ ހަމައެކަނި ލަނޑު ޖަހައިގެންނެވެ. މި ލަނޑާއި އެކު ލީގުގައި ޓޮޓެންހަމަށް 185 ލަނޑު އޭނާ ވަނީ ޖަހައިދީފަ އެވެ.

މި މެޗުގައި ވުލްވްސް އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުތައް ދިޔައީ ބޭކާރުވެގެންނެވެ. މެޗްގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނީ ޓޮޓެންހަމްކަން ފާހަގަކޮށްލެވެއެވެ. މި މެޗުން ލިބުނު މޮޅާއި އެކު ޓޮޓެންހަމް ވަނީ އެޓީމުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ވުލްވްސް އަށް ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ

ސާޖިއޯ އަގުއެރީގެ

އަގުއެރޯ ވަނީ 2011 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރު ސިޓީ ދޫކޮށްލުމާ ހަމައަށް އެ ޓީމަށް ކުޅުނު 10 ސީޒަނުގައި 275 މެޗުން 184 ލަނޑު ޖަހައި، ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ކޭން 185 ލަނޑު ހަމަކުރީ ޓޮޓެންހަމަށް ލީގުގައި ކުޅެދިން 282 ވަނަ މެޗުގަ އެވެ.

ވުލްވްސް ކޮޅަށް ކޭން ޖެހި ލަނޑަކީ އޭނާ ޓޮޓެންހަމަށް ޖަހައިދިން 250 ވަނަ ލަނޑެވެ. މިއާއިއެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ވެސް އަގުއެރޯ ފަހަތަށް ޖައްސާލައި، ހަތަރު ވަނައަށް ޖެހިލައިފައެވެ. މި ލިސްޓުގެ 3ގައި އޮތް އެންޑްރޫ ކޯލް 187 ލަނޑު ޖަހައިފައި ވާއިރު، ދެވަނައިގައި އޮތް ރޫނީ ވަނީ 208 ލަނޑު ޖަހައިފަ އެވެ. އެއްވަނައިގައި އޮތީ އެލަން ޝެއަރާ އެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.