ބިންހެލުން އުފެދުނު ސަރަޙައްދު

ހަބަރު

އިންޑޮނޭޝިއާގެ ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވޭ، ސުނާމީ ނުއުފެދޭނެ

އަލީ އަޒްޔަން - ދުނިޔެ | 29 އޯގަސްޓު 2022 , ހޯމަ 10:16   415

އިންޑޮނޭޝިއާ އަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ނުތަނަވަސްކަން އުފެދުނު ނަމަވެސް، މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ބައިނަލް އަގުވާމީ ނޫސްތަކުން ބުނެފިއެވެ.

މިބިން ހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވެއެވެ. އަދި މާލޭގެ ބައެއް ޢިމާރާތަކުން މީހުންވެސް ހުސްކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ މީޓިރިއލޮޖީ އާއި ޙަވާލާދީ، އެސޯސިއޭޓް ޕްރެސް އިން ބުނެފައިވަނީ މިބިންހެލުމުގެ ކުރިންވެސް 5 މެގްނިޓިއުޑްގެ ދެ ބިންހެލުން އެގައުމަށް އައިކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އެގައުމަށް އައި 6.2 މެގްނިޓިއުޑް ބިންހެލުމުގައި 25 މީހުން މަރުވެ 460 މީހަކު ޒަޚަމްވެފައިވެއެވެ. އަދި ޖެނުއަރީ 2021 ގައި އައި ބިންހެލުިމުގައި 100 މީހަކު މަރުވެ 6500 މީހަކަށް އަނިޔާވެފައިވެއެވެ.

ޓެގްސް: އިންޑޮނޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.