ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަބަރު

8 ދާއިރާއަކުން އޮންލައިންކޮށް ނުކިޔެވޭގޮތް ހަދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 އޯގަސްޓު 2022 , ހޯމަ 11:14   1210

އޮންލައިންކޮށް ކިޔަވައިދިނުމުގެ އުސޫލަށް ބަދަލު ގެނެސް 8 ދާއިރާއަކުން އޮންލައިންކޮށް ކިޔަވައިދިނުން މަޑުޖައްސާލައިފިއެވެ.

.

ދިވެހިރާއްޖޭގައި ތައުލީމާއިގުޅޭ ޢާއްމުމިންގަނޑުތައް ހިފެހެއްޓުމަށް އުފައްދާފައިވާ ގައުމީ އިދާރާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ފަރާތުން އެކްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ގެޒެޓްކޮށްފައިވާ ގައިޑްލައިންގައި ބުނާ މަޢްލޫމާތުތަކާއި ފުށުއަރާގޮތަށް ބައެއް ނޫސްތަކުން ޚަބަރުތައް ފަތުރަމުންދާކަމަށެވެ.

އިތުރަށް ވިދާޅުވީ، އުސޫލްތައް ނެރުނީ، ޒަމާނީ ބައެއްކަންކަމަށް ރިޢާޔަތްކުރުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.

ބުދަ ދުވަހު ގެޒެޓްކޮށްފައިވާ ގައިޑްލައިން ނަމްބަރު 2022/ޖީ28 ގައި ވާގޮތުން ބައެއް ދާއިރާތަކަކީ އޮންލައިންކޮށް އެއްގޮތަކަށް ކިޔަވައި ނުދެވޭނެ ދާއިރާތަކެއް ކަމަށެވެ. އަދި އެދާއިރާތަކަކީ، އަމަލީގޮތުން ވަރަށް ބޮޑަށް ބައިވެރިވާންޖެހޭ ދާއިރާތަކެއް ކަމަށެވެ.

އޮންލައިންކޮށް ނުކިޔެވޭނެ ދާއިރާތަކުގެގޮތުގައި ކަނޑައަޅާފައިވާ ދާއިރާތަކަކީ؛

  • ބޭސްވެރިކަން އަދި ދަތުގެ ފަރުވާ އާއި ގުޅޭ
  • ސިއްޙީ ޚިދުމަތް ދިނުމުގައި، ލައިސެންސްދޭ ބޮޑީއެއްގެ ދަށުން ޕްރެކްޓިސް ކުރަންޖެހޭ ދާއިރާތައް
  • ނަރުސްކަން / ނާރސިންގ
  • ގުރުއާން އަދި ގުރުއާނާއި ގުޅުން ހުރި ދާއިރާތައް
  • ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރޭނިންގ (މިސާލަކަށް ކާޕެންޓްރީ، އެއަރކޯން މަސައްކަތް، ކަރަންޓު މަސައްކަތް)
  • އިންޖިނިއަރިން
  • އާކިޓެކްޗަރ
  • ކިޔަވައިދިނުން / ޓީޗިން

މީގެ އިތުރުން ޤަވާއިދުގައި ހިމެނޭ ކަންކަމުގެ ތެރޭގައި؛

  • ކްލާސްތައް ކުރިއަށް ދާއިރު ވީޑިއޯ ޖައްސާފައި ބެހެއްޓުމާއި، އަޑު ބޭނުންކުރުން
  • ލާނިންގް މެނޭޖްމެންޓް ސިސްޓެމް (އެލްއެމްއެސް) އެއް ބޭނުންކުރުން
  • އިމްތިހާނުތައް ވީހާވެސް ބޮޑަކަށް ފޭސް-ޓު-ފޭސް ބޭއްވުން، ސުޕަވައިޒް ކުރެވިގެން

އެމްކިއުއޭ އިން ބުނެފައިވަނީ، މި 8 ދާއިރާއިން އޮންލައިންކޮށް ކިޔަވައިދިނުން ހުއްޓުވި ނަމަވެސް، ޑޮކްޓަރުންގެ ކައުންސިލުން ނުވަތަ އެހެން އެޕްރޮފެޝަން އަކާއިގުޅޭ ގައުމީ ބޮޑީ އަކުން ވަކި އުސޫލްތަކާއި މިންގަނޑުތަކެއްގެ ތެރެއިން ހުއްދަދެއްވައިފިނަމަ، އެއާއި އެއްގޮތަށް ޢަމަލުކުރައްވާނެ ކަމަށެވެ.

މި އުސާލު ޢާއްމުކުރުމާއި އެކު މިހާރު ޚިދުމަތްދެމުންދާ އިންސްޓިޓިއުޝަންތަކަށް ޤަވާއިދަށް ޢަމަލުކުރުމަށްޓަކައި 18 މަސްދުވަހުގެ މުއްދަތެއް ދެވެނޭއެވެ. އަދި އަލަށް ހުއްދަ ދޫކުރެވޭނީ އެ އުސޫލްތަކުގެ ދަށުންކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޤަވާއިދާއި އެއްގޮތަށް ޢަމަލުނުކޮށްފިނަމަ 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ. އަދި އެކަން ޢާއްމުކޮށް އަންގާ އިޢްލާންކުރާނެއެވެ.

ޓެގްސް: މަތީ ތަޢުލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.