މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ

ހަބަރު

ޝަކީރާގެ ފަރާތުން ފޭނުންނަށް ބޮޑު ޝޮކެއް

ދާނިޝް - ޔޫރަޕް | 30 އޯގަސްޓު 2022 , އަންގާރަ 09:51   373

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އޭނާގެ 12 އަހަރުވީ ލޯބީގެ ގުޅުން ނުމުމަކަށް އައިސްފިކަން އިއުލާނުކޮށްފިއެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ ޑިފެންޑަރު ޖެރާޑް ޕީކޭ އާއި ޝަކީރާ ވަކިވިކަން އިއުލާން ކުރިއިރު މި ހަބަރާއި ގުޅިގެން ފޭނުން ވަނީ ބޮޑު ޝޮކެއްގެ ތެރޭގައެވެ. ދެ މީހުންނަށް ދެ ކުދިންވެސް ލިބިފައިވެއެވެ. އެއީ މިލާން އާއި ޝާޝާއެވެ. ކުދިންގެ ކަސްޓަޑީ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ޝަކީރާ ވަނީ އޭނާ އާއި ބެހޭގޮތުން ނޫސްތަކުގައި ހުންނަ ނެގެޓިވް ޚަބަރުތައް ނުފެތުރުމަށް އެދެމުންނެވެ.

ޖޫން މަހު އެ ދެމީހުން ވަކިވިކަން އިއުލާން ކުރުމަށް ޝާކިރާ އާއި ޕީކޭ ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ހިއްސާކޮށްފައެވެ. އެ ދެމީހުންވެސް ވަނީ ދަރިންގެ ދުޅަހެޔޮކަމަށް "އެންމެ ބޮޑު އިސްކަމެއް ދޭ" ކަމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބުނެފެއެވެ.

މިހާރު ޕީކޭ އާއި އޭނާގެ ލޯބިވެރިޔާ ކްލާރާ ޗިއާގެ ގައިގޯޅި ފޮޓޯތަކެއް ދަނީ ވައިރަލް ވުމުންނެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.