ދިރާސާތަކުގައި ބޭނުންކުރާނެ އުޅަނދު، އޮމޭގާ ސީމާސްޓަރ 2

ހަބަރު

10 ދިވެހި މެރިން ސައިންޓިސްޓުންނާއި އެކު، ޔޫކޭގެ ނެކްޓަން އިންސްޓިޓިއުޓުން ރާއްޖޭގެ ކަނޑުއަޑީގެ ބޮޑު ދިރާސާއެއްކުރަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 31 އޯގަސްޓު 2022 , ބުދަ 11:38   361

ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރު، ސައުތު އެފްރިކާ، އަދި އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިއުޓްއެއް ކަމުގައިވާ ނެކްޓަން، ގުޅިގެން، ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއިގުޅޭ އުއްމީދީ މަސައްކަތްތަކެއް ފަށައިފިއެވެ.

މިފަދަ ދިރާސާތަކެއް މީގެކުރިން ގެންދެވިފައި ނުވެއެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާގޮތުން މި ޕްރޮގްރާމް ފެށިގެންދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ދިރާސާތަކުގައި ރާއްޖޭގެ ކަނޑުތަކުގެ އަޑިން 30 މީޓަރަށް ވުރެ ތިރިއަށް ހައި-ޓެކް ސަބްމާސިބްލްސް ބޭނުންކުރާނެއެވެ. އަދި 1،000 މީޓަރާއި ހަމައަށް ބަލައި ހޯދާނެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ އާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ލުޔެއް ހޯދައި ދިނުމެވެ.

އަޅުގަނޑުމެން ބޭނުންވޭ ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި ހުރީ ކޯޗެއްތޯ ބަލަން. ދެން ހުރި ތަކެއްޗާއް މާޙައުލު ހިމާޔަތްކޮށް ރައްކާތެރި ކުރަންވެސް. އަދި އޭގެ ސަަބަބުން، މޫސުމަށް އަންނަ ބަދަލުން ޙިމާޔަތްވާން ރާއްޖެއަށް ޖާގަ ލިބޭނެ.

~ ނެކްޓަން އިންސްޓިޓިއުޓުން ނެރުނު ސްޓޭޓްމެންޓުން ނަގާފައި

ރާއްޖޭގެ ފަރާތުން ޓީމް ލީޑު ކުރައްވާނީ މެރިން ރިސާޗް އިންސްޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިއާ ނަޢީމެވެ. "އަޅުގަނޑުމެންގެ އަތޮޅުތައް ވަށައިގެންވާ ފަރުތަކުގެ ސަބަބުން ބާރުވަޔާއި މޫސުމަށް އަންނަ ބަދަލުން ސަލާމަތްވާން އެހީތެރިވެދޭ. އަދި އެކަންކަން ގުޅިފައި މިއޮންނަނީ އަޅުގަނޑުމެންގެ މުޅި އިޤްތިޞޯދާއި، އަދި ދިރިއުޅުމުގެ ހުރިހާކަމަކާއި." ޝާފިއާ ވިދާޅުވެފައިވެއެވެ.

މިއީ 35 ދުވަހު މުއްދަތަކަށް ކުރިއަށް ގެންދާ މަސައްކަތުގައި ބޭނުންކުރާނީ، އާރުވީ-އޮޑެސީ ކިޔާ ބޯޓެކެވެ. މި ދިރާސާތަކުގައި އޮކްސްފޯޑް ޔުނިވާސިޓީއިން ވެސް ބައިވެރިވާނެއެވެ.

ނެކްޓަން އިންސްޓިޓިއުޓުން ބުނެފައިވަނީ، މި ދިރާސާތަކުން ނެރޭ މަޢްލޫމާތު (ޑޭޓާ) ވެގެންދާނީ ދިވެހި ސަރުކާރުގެ މިލްކަކަށެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.