ކުޅުދުއްފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް

ހަބަރު

ކުޅުދުއްފުށި ސިޓީގައި 11 ބުރީގެ 5 ޓަވަރު، އަތޮޅުތެރޭގެ އެންމެ ބިޔަ މަޝްރޫޢު

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 1 ސެޕްޓެންބަރ 2022 , ބުރާސްފަތި 18:35 1   432

ކުޅުދުއްފުށި ސިޓީގައި 11 ބުރީގެ 5 ޓަވަރު އެޅުމަށްޓަކައި ހިންގާ ބޮޑު މަޝްރޫޢު ފެށުމަށް ޕްލޭނިންގ މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މިއީ މާލޭން ބޭރުގައި ހިންގޭ ބޯހިޔާވަހިކަމާއި ގުޅޭ އެންމެ ބިޔަ މަޝްރޫޢު ވެސް މެއެވެ. މިމަސައްކަތް ކުރުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި، ޗައިނާގެ ޢިމާރާތްކުރުމުގައި ޙަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ އާރުޑީ-23 އާއި ޙަވާލުކޮށްފައިވާއިރު، ޕްރޮޖެކްޓަށް ބޭނުންވާ 440 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާއިރު، މިމަޝްރޫޢުގެ ދަށުން 400 ހައުސިންގ ޔުނިޓް [އެޕާޓްމެންޓް] ތަރައްޤީކުރުމަށް ސަރުކާރުން މަނީ ނިންމާފައެވެ.

ކުޅުދުއްފުށީ ކައުންސިލުން މިހާރު ވަނީ މިކަމަށް ބޭނުންވާ ބިން ވެސް ކަނޑައަޅައި ހަމަޖައްސައިދީފައެވެ.

ކުޅުދުއްފުށީގައި ތައްޔާރުކުރާ މި އެޕާޓްމެންޓްތަކުގައި ތަކުގައި 1،000 އަކަފޫޓުގެ ޖާގަ އޮންނާނެއެވެ. ކޮންމެ އެޕާޓްމެންޓެއްގައި ވެސް 3 ކޮޓަރި ފާޚާނާ އާއިއެކު ހުންނައިރު، ސިޓިންގ ރޫމް، ބަދިގެ، ލޯންޑްރީ [ދޮވެހިއްކާ ބައި] އިތުރުން ގެންގުޅޭ ސާމާނު ބަހައްޓާނެ ސްޓޯރޭޖެއް ވެސް ހުންނާނެއެވެ. އަދި ކޮންމެ ކޮންމެ އެޕާޓްމެންޓަކަށް ޕާކްކުރާނެ ޖާގެ ވެސް ދެވޭނެއެވެ.

މިމަސައްކަތް ނިންމަން ކުންފުނިތަކަށް ދީފައިވަނީ ދޮޅު އަހަރުގެ މުއްދަތެކެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ފަހުކޮޅަށް މަސައްކަތުގެ ބޮޑުބައި ނިމޭނެކަމަށް ލަފާކޮށްފައިވެއެވެ.

ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ޕްރޮޖެކްޓްގެ އިތުރުން ވެސް، ސަރުކާރުން އަންނަނީ އިތުރު 15 ރަށެއްގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ހިންގަމުންނެވެ. މީގެތެރޭގައި ގދ. ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓާއި ލ.ގަމުގައި އަޅާ 100 ހައުސިންގ ޔުނިޓުވެސް ހިމެނެއެވެ.

ޓެގްސް: ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.