ވޯލްޑް ކަޕް ފުޓްބޯޅަ މެޗުތަކުގައި ޓިކެޓް ލިބިފައިވާ ސަޕޯޓަރުންނަށް ބަނގުރާ ބިޔަރު ގަތުމުގެ ހުއްދަ ގަތަރުން ދޭނެ

ހަބަރު

ވޯލްޑް ކަޕްގެ މެޗުތައް ފެށުމުގެ 3 ގަޑިއިރު ކުރިން ފެށިގެން ބިޔަރު ވިއްކުމުގެ ހުއްދަ ދިނުމަށް ގަތަރުން ނިންމައިފި

ޒައިން ޠާލިބް - އައްޑޫ އަތޮޅު | 5 ސެޕްޓެންބަރ 2022 , ހޯމަ 15:53   603

ވޯލްޑް ކަޕް ފުޓްބޯޅަ މެޗުތައް ފެށުމުގެ ތިން ގަޑިއިރު ކުރިން ފެށިގެން ކަށިގަނޑު އެންމެފަހުން ފުހުމާއިހަމަޔަށް، އަދި މެޗް ނިމުމަށްފަހު، އެއް ގަޑިއިރު ވަންދެން ޓިކެޓް އޮތް ކޮންމެ ސަޕޯޓަރުންނަށް ބިޔަރު ނުވަތަ ބަނގުރާ ގަތުމުގެ ހުއްދަ ދިނުމަށް މިފަހަރުގެ ވޯލްކަޕް ފުޓުބޯޅަ މުބާރާތް ބާއްވާ ގަތަރުގެ ސަރުކާރުން ނިންމައިފިއެވެ.ނަމަވެސް މެޗުގެ ތެރޭގައި އެކަން ނުކުރާނެ ކަމަށް މުބާރާތުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

މުބާރާތުގައި ބިޔަރު ވިއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ލިބިފައިވާ ވޯލްޑް ކަޕްގެ ބޮޑު ސްޕޮންސަރެއް ކަމަށްވާ ބަޑްވައިޒަރ އިން ކޮންމެ ސްޓޭޑިއަމެއްގެ ވަށައިގެންވާ ޓިކެޓް ޖަހާފައިވާ ސަރަޙައްދުގެ ތެރޭގައި ބިޔަރު ލިބޭނެ ކަމަށާއި ނަމަވެސް ސްޓޭޑިއަމްގެ ސްޓޭންޑްތަކުގައި ނުވަތަ ކޮންކޯސްގައި ބިޔަރު ނުދޭނެ ކަމަށް އެ ފަރާތުން ބުނިއެވެ.

ސަޕޯޓަރުންނަށް ބިޔަރު ވިއްކާނީ ކޮންތަނަކުން ކޮން އިރަކު ކަމާމެދު ނިންމުން މިހާރު ނިންމާފައިވީނަމަވެސް، ބިޔަރު ގަތުމަށް މީހުން އަތުން ނަގާނެ އަގެއްގެ މައްޗަށް އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.

މި އުސޫލުތައް ހަރުކަށިކޮށް ނަގާފައިވަނީ މިއީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ. ނަމަވެސް، ބިޔަރަކީ ފީފާގެ ޢާމްދަނީގެ ހިއްސާގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ އެއް ބާވަތެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.