އުކުޅަހުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން

ހަބަރު

މި އަހަރުގެ 2 ވަނަ ވިއަވަތި ކޮންފަރެންސް ދެކުނުގެ ވެރިންނާއެކު ލ. ގަމުގައި

އަމާނީ - ލާމު | 6 ސެޕްޓެންބަރ 2022 , އަންގާރަ 06:16   272

ސަރުކާރުން ބާއްވާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގެ މިއަހަރުގެ ދެވަނަ ބުރު ލ.ގަމުގައި ބާއްވަން ނިންމައިފިއެވެ. ސެޕްޓެމްބަރ 10 އިން 12 އަށް ކުރިއަށްދާ އެ ކޮންފަރެންސަކީ ރާއްޖޭގައި އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއްގެ ތެރެއިން ބައްދަލުވުމެކެވެ.

ގަމުގައި އޮންނަ ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ނެވެ. މިފަހަރުގެ ވިޔަވަތި ކޮންފަރެންސްގައި 250 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކުންނެވެ. އެއީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމެވެ. މިދިޔަ ފަހަރެކޭ އެއްފަދައިން ގުޅުންބަދަހިކުރުމުގެ ގޮތުން ކޮންފަރެންސްގެ ބައިވެރިންނާއެކު ބާއްވާ ސްޕޯޓްސް ފެސްޓިވަލެއް މިފަހަރުވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މި އަހަރު ބާއްވި ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި އޮތް ކޮންފަރެންސްއެވެ. އެކޮންފަރެންސް ބާއްވާފައިވަނީ މޭއި 28 ،29 ދެދުވަހުއެވެ.

ޓެގްސް: ސަރުކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.