އޭއީއެޗް ހޮސްޕިޓަލްގެ އިތުރުން ފުވައްމުލައް ސިޓީ ހދ. އަތޮޅު ހޮސްޕިޓަލުގައި ވެސް މިފަދަ ޑެސްކް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައި.

ހަބަރު

އޭއީއެޗްގައި އާސަންދަ ޑެސްކެއް ގާއިމުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 ސެޕްޓެންބަރ 2022 , ބުރާސްފަތި 20:02   274

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އާސަންދައިގެ ޚިދުމަތް ދިނުމަށް ޚާއްސަކުރެވިގެން ޑެސްކެއް ބަހައްޓައިފިއެެވެ.

މިކަން އިޢްލާން ކުރައްވާފައިވަނީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ފަރާތުން ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އާސަންދަ ޑެސްކެއް އައްޑޫ ސިޓީ އޭއީއެޗްގެ އިތުރުން، ފުވައްމުލަށް، އަދި ހދ. އަތޮޅު ހޮސްޕިޓަލުގައި ވެސް ޤާއިމުކޮށްފައިވާކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރައީސަށް ވަރަށް ގިނައިން އަންނަ ޝަކުވާއަކަށްވެފައި، މިއީ ރައީސްގެ އިސްނެންގުވުމުގެ މަތިން ހައްލު ހޯއްދަވައިދެއްވި ސަރުކާރުގެ ވަޢުދެއްކަމަށެވެ. އަދި މިފަދަ ލާމަރުކަޒީ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގާތުން ޚިދުމަތް ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.