އްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާނީ، އައްޑޫގައި ތިބި ރޯޔަލް އެއަރފޯސްގެ ސިފައިންނާއި ބައްދަލު ކުރެއްވުން

ހަބަރު

ރާނީ އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމައިފި

އަމާނީ - ދިވެހި ރާއްޖެ | 9 ސެޕްޓެންބަރ 2022 , ހުކުރު 08:46   316

އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2ވަނަ، އަވަހާރަވުމުގެ ހިތާމައިގައި 3 ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތްގުޅުމުގެ އިތުރުން ކޮމަންވެލްތުގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ އެއްބައިވަންތަކަމުގެ ސަބަބުން ރާނީ އަވަހާރަވުމުގެ ހިތާމަ ފާޅުކުރުމަށް ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ހުންނާނީ ބައިދަނޑިއަށްތިރިކޮށްފައިކަމަށެވެ.އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތަކީ، ދިވެހި ދައުލަތުންދެއްވާ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ސޯލިހް މިރޭ ވަނީ އެކަމަނާގެ އާއިލާއަށް ތައުޒީޔާ ވިދާޅުވެފައެވެ. އޭގެ އިތުރުން ރައީސް ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށާއި ކޮމަންވެލްތަށްވެސް ތައުޒިޔާގެ މެސެޖު ފޮނުއްވަވައިފައެވެ.

ރައީސްގެ ތައުޒިޔާ މެސެޖްގައި ވިދާޅުވީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަކީ އިޖުތިމާއީ ހިދުމަތުގައި އިހުލާސްތެރިކަމާއެކު ދެމިހުއްނެވި ޝަހުސިއްޔަތެއް ކަމަށާއި ރާނީގެ ޚިދުމަތްތަކަކީ ގައުމީ ލޯބީގެ ނަމޫނާ ޚިދުމަތްތަކެއް ކަމަށެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.