އައްޑޫ ސިޓީ ކައުންސިލަރު އަހުމަދު ސަޢީދު

ހަބަރު

އުސޫލަކާއި ނުލާ ކައުންސިލަރުން ހިނެމޭގޮތަށް، ފޭދޫ ބަނދަރުން ހިލަވެލި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ސެޕްޓެންބަރ 2022 , ބުދަ 22:50   832

އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި ހުރި ގިނަ ޢަދަދެއްގެ ހިލަވެލި ކައުންސިލަރުންގެ ބައިވެރިވުމާއިއެކު އުސޫލެއް ނެތި ޢާއްމު ބައެއް ފަރާތްތަކަށް ވިއްކަމުންދާކަމުގެ މައްސަލަ، މިއަދުގެ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި، ކައުންސިލަރު އަހުމަދު ސަޢީދު ހުށަހަޅުއްވައިފިއެވެ.

ސަޢީދުގެ ވާހަކައިގައި މިވެެއްޔަކީ ފުވައްމުލަކުގެ ޕްރޮޖެކްޓަކަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުނި މެދުވެރިކޮށް އެމްޓީސީސީން ގެނެސްފައިވާ ވެލިތަކެއްކަން ފާހަގަކުރައްވައި، މިވެލިތައް ކައުސިލަރަކު މެދުވެރިވެ ކައުންސިލުގެ މެމްބަރުތަކަކަށް ނަފާލިބޭގޮތަށް ވިއްކަމުންދާކަމުގެ މަޢްލޫމާތު ފޭދޫގެ ރައްޔިތަކު ގުޅުއްވާފައި ދެންނެވުމުން، ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ސަޢީދުގެ ވާހަކައިގެ މެދުތެރެއިން ނިޒާމީ މައްސަލަ ނަންގަވައި، ކައުންސިލަރ އިބްރާހިމް ޝިނާޒު ވިދާޅުވީ ކައުންސިލަރަކު ކައުންސިލްގެ ޢާއްމު ބައްދަލުވުމެއްގައި މިފަދަ ވާހަކައެއްދެއްކުން ބަލައިނުގަންނަކަމަށެވެ. އަދި އެވާހަކައަށް ތާޢީދުކުރައްވައި މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، އެފަދަ މައްސަލަ އޮތް ނަމަ އުސޫލުގެ ތެރެއިން މައްސަލަ ހުށަހެޅުއްވުމަށާއި، ބައްދަލުމުގައި އެވާހަކަ ކުރިއަށް ނުގެންދެވުމަށް ކައުންސިލަރ ސަޢީދަށް އިލްތިމާސްކުރައްވާފައެވެ.

އޭގެ ފަހުން ވެސް ސަޢީދު ވަނީ އެވާހަކަ ދައްކަކަވަން މަސައްކަތްކުރައްވާފައެވެ. ނަމަވެސް، ރިޔާސަތުން އަނެއްކާވެސް ހުއްޓުވިއެވެ.

ކައުންސިލްގެ ބައްދަލުވުމަށްފަހު، އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ކައުންސިލަރ އަހުމަދު ސަޢީދު ވިދާޅުވީ، އެވާހަކަތަކާއި ގުޅިގެން މޭޔަރު ވަނީ އިތުފުޅު ހައްދަވާފައިކަމަށެވެ. އަދި ވިދާޅުވީ އެވެއްޔަކީ، އެމްޓީސީސީ އާއި ޙަވާލުކުރެވިފައިވާ، އަދި ބެލެހެއްޓެމުންދާ ވެލިތަކެއް ވެސް ނޫންކަމަށާއި، އެވެއްޔަކީ އެމްޓީސީސީގެ ޕްރޮޖެކްޓަކަށް އެމްއެމްއެކްސްޕޯޓުން ގެނައިވެލިތަކެއް ކަމަށެވެ.

މިހާރު މައްސަލަ އަކީ މި ވެލިވިއްކުމަށްފަހު ކައުންސިލަރެއްގެ ޖީބަށް ލާރި ވަންނަ މައްސަލަ. ކާކު ކިހިނެތް ހުއްދަ ދެވިގެން ވިއްކޭ އެއްޗެއްކަން ނޭގުން. ޚުދު މޭޔަރ ވެސް ވިދާޅުވި، ފޭދޫ ގައި އޮތް ރަން-50 ރަސްމިއްޔާތު ތެރެއިން، އެނގިވަޑައިގަންނަވާކަމަށް ވެލިވިއްކާކަން. އެކަމަކު ބައްދަލުވުމުގައި ދެނެވަޑައިގަންނަވާ ކަމަކަށް ނުވި.

~ އަހުމަދު ސަޢީދު، އައްޑޫ ސިޓީ ކައުންސިލް މެމްބަރު

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.