އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް

ހަބަރު

ކޮޕް27 އަކީ ނަތީޖާ ނެރެވޭ ބައްދަލުވުމަކަށް ވުން މުހިންމު- އެންޓޯނިޔޯ ގުތެރޭޝް

ދާނިޝް - އައްޑޫ އަތޮޅު | 4 އޮކްޓޯބަރ 2022 , އަންގާރަ 10:21   292

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ އ.ދ.ގެ މަހާސިންތާ ނުވަތަ ކޮޕް27އަކީ ނަތީޖާ ނެރެވޭ ބައްދަލުވުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ގޮވައިލައްވައިފިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މުޅި ދނިޔެއަށް އޭގެ ނޭދެވޭ އަސަރު ކުރަމުން ދާކަން ފާހަގަކުރައްވަމުން ގުތުރޭޝް ވިދާޅުވީ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާ މެދު އަޅައިނުލައި ތިބެވެން ނެތް ކަމުގައެވެ. މިގޮތުން މިހާރު ޕާކިސްތާނަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ކާރިސާ އާއި ފިލިޕީންސްއާއި އެމެރިކާއަށް އެރައި ބޮޑެތި ގެއްލުންތަކެއް ދިން ތޫފާންތަކުގެ ވާހަކަ އޭނާ ވަނީ އަލިއަޅުވާލާފައެެވެ.

ހަމައެެހެންމެ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތައް ކުރިމަތިވެފައިވާ ޤައުމުތަކަށް އެހީވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި މިހާރުން މިހާރަށް އެފަދަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ފަހުން ލިބޭނެ ގެއްލުން ހީނުކުރާ ވަރަށް ވުރެ ބޮޑުވެދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮޕް27ގެ ބައްދަލުވުން ތާވަލު ކުރެވިފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 6އިން 18އަށް މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމު އައްޝައިޚްގައެވެ. ކޮޕް27 ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް ކިންޝާސާގައި މިހާރު ބައްދަލުވުމެއް ފެށި ކުރިއަށް ދަމުންދާއިރު މި ބައްދަލުވުމުގައި 50 އަށްވުރެ ގިނަ ޤައުމުގެ އޮފިޝަލުން ބައިވެރިވެއެވެ. އަދި މީގެ ތެރޭގައި އެމެރިކާގެ މޫސުމީ ބަދަލުތަކާ ބެހޭ ޚާއްޞަ މަންދޫބު ޖޯން ކެރީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޓެގްސް: ތިމާވެށި އ.ދ.
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.