އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު (ވ2)

ހަބަރު

އައްޑޫ ސިޓީ ކައުންސިލްގެ ކަރަޕްޝަންގެ ދެމައްސަލައެއް އެންޓި-ކަރަޕްޝަނަށް ވައްދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 އޮކްޓޯބަރ 2022 , އާދީއްތަ 15:22   1028

އައްޑޫ ސިޓީ ކައުންސިލްގެ ކަރަޕްޝަނުގެ ދެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އަށް ވައްދައިފިކަން ވަރަށް އިތުބާރުހުރިގޮތަކަށް އެކްސްޕްރެސް ނިއުސް އަށް އެނގިއްޖެއެވެ.

މިމައްސަލަތަކުގެ ތެރެއިން ފުރަތަމަ މައްސަލައިގައި ބުނެފައިވަނީ، ފޭދޫ ބަނދަރުން 100،000 (އެއްލައްކަ) އަކަފޫޓުގެ ބިމެއް 30 ދުވަހަށް އެމްޓީސީސީއަށް ދީފައިވާއިރު، އެބިން އެއްވެސް ކުއްޔެއް އަދި އަގެއް ނެތި 5 މަސް ދުވަސްވަންދެން ބޭނުންކުރަމުންދާ ކަމަށެވެ. ބައެއް ކައުންސިލަރުން އެކްސްޕްރެސް ނިއުސްއަށް މަޢްލޫމާތު ދެއްވާފައިވާގޮތުގައި މި ބިމަކީ އިންޑިއާގެ މޯހަންމުތާ އެކްސްޕޯޓްސް (އެމްއެމް-އެކްސްޕޯޓް) ގެ މުދާ ރައްކާކުރުމަށް އެމްޓީސީސީ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހޯދައިދީފައިވާ ބިމަކަށްވާއިރު، މި ބިން މޭޔަރު ދެއްވާފައިވަނީ ނަގަން ޖެހޭ ކުލިތަކަށް ބެލުމެއްނެތި، ކައުންސިލް އާއި މަޝްވަރާނުކޮށް، އަދި ކައުންސިލްގެ ނިންމުމަކާއި ނުލައެވެ.

އެމްއެމް-އެކްސްޕޯޓަކީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ކާޑު ބާއްވަތްތައް އެތެރެކުރާ ފަރާތެވެ.

މިހާރު ފޭދޫ ބަނދަރަށް ޖަމާކޮށްފައިވާ މިހިލަވެއްޔަކީ އެމްޓީސީސީ އިން ފުވައްމުލަކުގައި ހިންގާ ޕްރޮޖެކްޓަކަށް ގެނައި ތަކެތިކަމަށް ބުނެފައިވީނަމަވެސް، ޕްރޮޖެކްޓަށް ބޭނުންވަނީ މީގެއިން ކިހާ މިންވަރެއްގެ ހިލަވެލިކަން ސާފުވާގޮތްވަނީ ނުވެފައެވެ. މީގެ ކުރިން ވެސް،ކައުންސިލަރުންތަކެއް މެދުވެރިވެ، އުސޫލެއްނެތި މިހިލަވެލިން ބައެއް ޢާއްމު ބައެއް ފަރާތްތަކަށް ވިއްކި މައްސަލަތަކެއްގެ ޝަކުވާތަކެއް ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި ކައުންސިލަރަކު ހުށަހަޅާފައިވެއެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި ދެވަނަ މައްސަލަ ވައްދާފައިވަނީ، މިހާރުވެސް 5،000 އަކަފޫޓުގެ ބިމެއް އޮތް މީހަކަށް، ކައުންސިލަރަކު 1200 އަކަފޫޓުގެ ބިމެއް ވަކި ފަރުދަކަށް މަންފާލިބޭގޮތަށް އިޢްލާނުކުރުމެއްނެތި އަދި ބިޑްކުރުމެއް ނެތި ދީފައިވާ މައްސަލައެވެ. މިމައްސަލައިގައި ވެސް ހުށަހެޅި ފަރާތުން ބުނެފަައިވަނީ މިބިން ވެސް ދީފައިވަނީ، އުސޫލުން ބޭރުން، ލޭންޑް ޔޫޒް ޕްލޭންގެ ބޭރުން، ކައުންސިލްގެ މަޝްވަރާއާއި ނިންމުކާއި ނުލައިކަމަށެވެ.

މިލިޔުމާއި ގުޅޭ :

އުސޫލަކާއި ނުލާ ކައުންސިލަރުން ހިނެމޭގޮތަށް، ފޭދޫ ބަނދަރުން ހިލަވެލި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް އެންޓި ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.