ކަރަންޓުން ކާރު ޗާޖުކުރެވޭ ސްޓޭޝަނެއq

ހަބަރު

ހުޅުމާލޭގައި، އިލެކްޓްރިކް ވެހިކަލް ޗާޖުކުރާނެ ހަތަރު ސްޓޭޝަންއެއް ހަދާނެ ބަޔަކު ހޯދަނީ

ރާނިއާ - ކ. މާލެ | 22 އޮކްޓޯބަރ 2022 , ހޮނިހިރު 21:12   258

ރާއްޖޭގެ ފުރަތަމަ ފަހަރަށް އިލެކްޓްރިކް ޗާޖިން ސްޓޭޝަންތަކެއް ހެދުމަށް މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތުގެ ދަށުން ސްޓޭޝަންތަކެއް ގާއިމު ކުރުމަށް ނިންމާފައިވުމާއެކު، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސްޓޭޝަންތައް އަޅައިދޭނެ ބަޔަކު ހޯދާ ކަމަށް އިއުލާން ކޮށްފައެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހަތަރު ޗާޖިން ސްޓޭޝަނެއް ގާއިމު ކުރެވިގެންދާނީ އެޗްޑީސީ އިން ކަނޑައަޅާ ތަނެއްގައެވެ. މިޕްރޮޖެކްޓް ކުރިއަށް ގެންދާ ފަރާތްތަކުން ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް ކުރަންޖެހޭނެކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު 13:30ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ.

އާންމުކޮށް ދުއްވާ ހުރިހާ ބާވަތެއްގެ ވެހިކަލެއް މި ސްޓޭޝަންތަކުން ޗާޖުކުރެވެން ޖެހޭނެ ކަމަށްވެސް އެޗްޑީސީއިން ވިދާޅުވެފައިވެއެވެ.

ޓެގްސް: ހުޅުމާލެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.