މިޙަރަކާތުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމު އައްޑޫ ސިޓީ މޭޔާރާއިއެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

އަލްޒައިމަރސް ސޮސައިޓީގެ ޚާއްޞަ ޙަރަކާތެއް އައްޑޫ ސިޓީގައި ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 22 އޮކްޓޯބަރ 2022 , ހޮނިހިރު 12:27   430

އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީގައި "ދެނެގަންނަމާ ޑިމެންޝިއާ – ދެނެގަންނަމާ އަލްޒައިމަރސް – ކުރިޔާލާ ދެނެގަތުމުގެ މުހިއްމުކަން" މި ސުރުޚީގައި، ޢާއްމުންނަށް ހުޅުވާލައިގެން މަޢްލޫމާތު ދިނުމުގެ ސެޝަންތަކަކާއިއެކު ޕެނެލް ޑިސްކަޝަނެއް ބާއްވައިފިއެވެ.

މިޙަރާކާތް ޝަރަފްވެރިކޮށްދެއްވީ އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު އެވެ. ނިޒާރުގެ ވާހަކަފުޅުގައި އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަންގަވައިގެން ޙަރަކާތެއް ހިންގެވީތީ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އާބާދީ ދުވަސްވަމުންދާ އާބާދީއަކަށް ބަދަލުވަމުންދާއިރު، މިފަދަ ބަލިތަކަށް ހޭލުންތެރިވެތިބުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ.

ޙަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ މުޙައްމަދު ޞޯލިޙް ވެސް ބައިވެރިވެ ވާހަކަފުޅު ދެއްކެވިއެވެ. ޞޯލިޙް ވިދާޅުވިގޮތުގައި ޑިމެންޝިއާގެ ބައެއް ވައްތަރުތަކަކީ ފަރުވާއެއް ހޯދިފައނުވާ ވަތަރުތަކަށްވާއިރު، ކޮންމެ 5 އަހަރަކުން ޑިމެންޝިއާ ތަހައްމަލު ކުރާފަރާތްތައް ދެގުނަވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ހިތްދަތިަކަމާއި ކެކުޅުން އިޙްޞާސްކުރަމުން އަންނަމީހުން ގިނަކަމަށް ވިދާޅުވިއެވެ.

ސޯލިޙްގެ ވާހަކަފުޅަށްފަހު އައްޑުއަށް ވަޑައިގެންނެވި ޓީމުގެތެރެއިން ހަތަރު ސިއްހީ މާހިރަކު ޕްރެޒެންޓޭންތައް ދެއްވައި ޑިމެންޝިއާ އާއި ގުޅޭގޮތުން މަޢްލޫމާތު ވަޑައިގެންތިއްބެވި ފަރާތްތަކާއި ޙިއްޞާކުރެއްވިއެވެ. މި ޙަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި:

  • އޭޑީކޭގެ ނާރުތަކާއިބެހޭ ޚާއްޞަ ޑޮކްޓަރ، އިޙްދުއްﷲ ސަޢީދު
  • ރާއްޖެއިން ބޭރުގެ ހޮސްޕިޓަލެއްގެ ނާރުތަކާއިބެހޭ ޚާއްޞަ ޑޮކްޓަރ، ޗެތަން ކަޝިންކުންޓީ
  • ސައިކޯތެރަޕިސްޓް، މުޙައްމަދު މުސްތަފާ ފާރުޤް
  • އޭއީއެޗްގެ ސައިކޭޓްރިސްޓް ޑޮކްޓަރ، ބިބެކް ސުބޭދީ
  • އޭއީއެޗްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސާރ، ޖާދުއްﷲ ސަޢީދު

މިޙަރަކާތުގެ ސްޕޮންސާރ އަކީ އެސްޓީއޯއެވެ. އަދި ކޮލޭބޮރޭޓަރުންގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލާއި އޭއީއެޗް ބައިވެރިވިއެވެ. ޕާރޓްނަރުންނަކީ، ޕެބްލްސް އިން، ޝަރަފުއްދީން ސްކޫލް، އެކްސްޕްރެސް ނިއުސް އެމްވީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އެވެ.

ޙަރަކާތުގެ ފޮޓޯތައް:

މިލިޔުމާއި ގުޅޭ:

"އަލްޒައިމާރސް ސޮސައިޓީގެ" ޚާއްޞަ ޙަރަކާތެއް ހުކުރު ދުވަހު އައްޑޫސިޓީ ޝަރަފުއްދީން ސްކޫލްގައި

ޓެގްސް: ސިކުނޑީގެ ދުޅަހެޔޮކަން ސިއްޙަތު އައްޑޫގައި ބޭއްވޭ އިވެންޓްތައް ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.