މާލޭގައި ހުންނަ ދިރާގުގެ މައި އޮފީސް

ހަބަރު

ރީބްރޯޑްކާސްޓްކުރުމުގެ އާ ގަވައިދަށް ދިރާގު ފިޓްނުވޭ

ރާނިއާ - ދިވެހި ރާއްޖެ | 23 އޮކްޓޯބަރ 2022 , އާދީއްތަ 21:49   635

ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ރީ-ބްރޯޑްކާސްޓްކުރުމަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދިރާގުޓީވީގެ ހިދުމަތް މެދުކަނޑައިލަން ޖެހިދާނެކަމަށް ދިރާގުންވަނީ ބުނެފައެވެ. ނަމަވެސް މިކަމަށް އެހެން ހައްލެއް ހޯދޭތޯ މަސައްކަތް ކުރަމުން ދާކަމަށްވެސް ދިރާގުން ބުނެފިއެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދެން ދެވޭނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށްކަމަށެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާ އޮންނަނީ، ބަރްހައިނުގެ ކުންފުންޏެއްކަމަށްވާ ބަޓެލްކޯގައެވެ. މިހެންކަމުން ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސަށް ދިރާގުން ޝަރުތު ހަމަ ނުވެއެވެ.

"...ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތް ހުއްޓާލަން ޖެހިދާނެ. އަޅުގަނޑުމެން މި ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެ ވާހަކަ ދަންނަވަން" ދިރާގުން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ގެނައި ބަދަލުގެ ސަބަބުން ދިރާގުގެ ލައިސަންސް ގެއްލޭތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޓެގްސް: ދިރާގު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.