އިންތިޚާބުގައި ވޯޓުލީ މީހުންގެ 81 އިންސައްތަ ވޯޓު ހޯއްދެވީ ކެންޑިޑޭޓް ނަމްބަރު 2

ހަބަރު

ޕީޕީއެމް ފޭދޫ ދާއިރާ އިންތިޚާބު، ބޮޑު ތަފާތަކުން ރަފީޢު ކާމިޔާބުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ނޮވެންބަރު 2022 , އާދީއްތަ 23:18   898

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވި ދާއިރާތަކުގެ އިންތިޚާބުގެ ތެރެއިން، އައްޑޫ ސިޓީ ފޭދޫ ދާއިރާ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ.

ޕީޕީއެމް ފޭދޫ ގޮފިން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، މިއިންތިޚާބުގައި ދެ ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ކެންޑިޑޭޓް ނަމްބަރު 2 ޢަބްދުއްﷲ ރަފީޢުއެވެ. އޭނާ ވަނީ ޖުމްލަ 386 ވޯޓާއިއެކު ވޯޓުގެ 81 އިންސައްތަ ހޯއްދަވާފައެވެ.

މިވޯޓުގައި ބައިވެރިވި އަނެއް ކެންޑިޑޭޓް، އާމިނަތު އީނާ، ކެންޑިޑޭޓް ނަމްބަރު 1 އަށް ލިބިލެއްވީ 89 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ ގާތްގަނޑަކަށް 19 އިންސައްތައެވެ.

މި ވޯޓުގައި މާލޭގައި ބެހެއްޓުނު ވޯޓު ފޮށިން ވެސް ކުރިހޯއްދަވާފައިވަނީ ރަފީޢުއެވެ.

ޕީޕީއެމް މި އިން ތިޚާބު ބާއްވާފައިވާއިރު، މިއަދު ހަވީރު އެޕާޓީގެ ފޭދޫ ޖަގަހައިގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ވަޑައިގެން ވަނީ ސަޕޯޓަރުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މިލިޔުމާއި ގުޅޭ:

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި

ޓެގްސް: އިންތިޚާބު ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.