ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ގަޑިތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މެލޭޝިއާގެ ސަލަންގާ ސްޓޭޓްގެ ބައެއް ސަރަހައްދުތަކަށް ފެންބޮޑުވެފައިވާކަމަށް ރިޕޯޓް ކޮށްފައި

ދުނިޔެ

މެލޭޝިޔާގެ ބައެއް ހިސާބުތަކަށް ފެންބޮޑުވެ އެތައް ބަޔަކު ސަލާމަތީ ސަރަޙައްދުތަކަށް

ރާނިއާ - މެލޭޝިޔާ | 13 ނޮވެންބަރު 2022 , އާދީއްތަ 13:29   161

އަހަރީ އިރުއުތުރު ގެ ވިއްސާރަ މޫސުމުގެ ފުރަތަމަ ހަފްތާގައި މެލޭޝިއާގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެތައް ބަޔަކު ވަނީ ވަގުތީ ރިލީފް ސެންޓަރުތަކަށް ބަދަލުކޮށްފައެވެ.

މިކަމުގެ ސަބަބުން އާންމު އިންތިޚާބުގެ ގިނަ ކެންޑިޑޭޓުން ވަނީ އުދައެރުމުގެ ޝިކާރަކަށް ވެފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކެމްޕޭއިންތައް ކެންސަލް ކޮށްފައެވެ.

އުދައެރުމުގެ އަސަރުތައް އެންމެ ބޮޑަށް ކޮށްފައިވަނީ މެލޭޝިޔާގެ ސަލަންގާ ހިސާބަށެވެ. މިސަރަހއްދާއި ކްލާންގް އަވަށުގައި އުޅެމުން ދިޔަ 720 ވަރަކަށް މީހުންވަނީ ފެންބޮޑުވެފައިވާ ގެތަކުން ރިލީފް ސެންޓަރުތަކަށް ބަދަލުކޮށްފައެވެ.

މެލަކާގައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަލޯރު ގަޖާހު އަވަށުގެ ފަސް ރަށެއްގައި ފެންބޮޑުވެ 10 އާއިލާއަކުން ގާތްގަނޑަކަށް 30 މީހުން ދެ ރިލީފް ސެންޓަރަކަށް ވަނީ ބަދަލުކޮށްފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގެ އުދައެރުމާއި ގުޅިގެން އާންމުންގެ ރުޅި އަނެއްކާވެސް 'ކެއާޓޭކާ' ސަރުކާރަށް އަމާޒުވެފައެވެ. މިއީ ސަރުކާރުން 15 ވަނަ އާންމު އިންތިހާބު ނޮވެމްބަރު 19 ވަނަ ދުވަހު ވިއްސާރަ މޫސުމުގާއި ބާއްވާތީއެވެ.

ޓެގްސް: މެލޭޝިއާ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.