ތިލަމާލެ ބްރިޖް ކޮންސެޕްޓް ކުރެހުމެއް

ހަބަރު

އެފްކޮންސް ކުންފުނި، ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެފްކޮންސްއަށް 69.4 މިލިއަން ރުފިޔާއިން ޖޫރިމައިނާކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 17 ނޮވެންބަރު 2022 , ބުރާސްފަތި 19:33   299

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތުގެ ތެރެއިން އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވަނީ ވިލިމާލެ ފަރަށް އަރާފައެވެ. އަދި މިކަމާއި ގުޅިގެން އެފްކޮންސް ކުންފުންޏަށް ކޮށްފައިވާ 69.4 މިލިއަން ރުފިޔާގެ ޖޫރިމައިނާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެކަމަށް ވެސް އެންވަޔަރްމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އަންގާފައެވެ.

ވިލިމާލެ ފަރަށް އޮގަސްޓް މަހު 16 ވަނަ ދުވަހު އަރާފައިވާ މި ޕްލެޓްފޯމަކީ ބްރިޖް ސާވޭގާއި ބޭނުންކުރަމުން އައިސްފައިވާ ޕްލެޓްފޯމެކެވެ. އަދި މިޕެލެޓްފޯމަ ފަރަށް އަރާފައި ވަނީ ނަގިއްޔަށް ދިމާވި މައްސަލައަކުން ކަމަށްވެސް މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ. ޕްލެޓްފޯމް ފަރުން ނެގާއި، ފަރަށް އެޅުނު ހޮޅިތަކާއި އެހެނިހެން އެއްޗެހި ފަރުން ނެގުމަށްފަހު އީޕީއޭއިން ވަނީ އެތަނަށް ލިބިފައިވާ ގެއްލުން ބަލާފައެވެ.

އީޕީއޭ އިން މިސާވޭ ކުރިއަށް ގެންގޮސްފައިވަނީ އެފްކޮންސްއާއި ގުޅިގެން ޖޮއިންޓް ސާވޭއެއްގެ ގޮތުގައެވެ. ފަހުން އެފްކޮންސް މީހުން އަމިއްލައަށް ސާވޭ ކުރިއަށް ގެންދިޔަ އިރު އީޕީއޭ އިން ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

އަދި އީޕީއޭ އިން ވަނީ އެމީހުން ކުރި ސާވޭއާއި އެފްކޮންސް އިން ހުށަހަޅައިފައިވާ ރިޕޯޓުން ދައްކާ ގޮތުގާއި ޕްލެޓްފޯމްގެ ބައިތަކުންނާއި އެނެގުމަށް ކުރި މަސައްކަތުގެ ތެރެއިން ފަރުގެ އެކި ސަރަހައްދުތަކަށް ވަނީ އެކިވަރުގެ ގެއްލުންތަކެއް ވެފައެވެ. އެގޮތުން 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.

ބްރިޖް ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އެޕްލެޓްފޯމް އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ފަށާފައިވަނީ އެ ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

އަދި މިހާދިސާ ހިނގާއިދިޔަތާ މަސްތަކެއް ފާއިތުވެ ދިޔަ އިރުވެސް އެފްކޮންސް މީހުންނާއި ދޭތެރޭ ފިޔަވަޅު އެޅިގެން ނުދިޔުމަކީ ގިނަ އާންމުންގެ ފާޑު ކިޔުންތައްވެސް އަމާޒުވެގެން ދިޔަ ކަމެކެވެ.

ޓެގްސް: ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.