އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއި މުވައްޒަފުން މަސައްކަތްކުރުމުގައި

ހަބަރު

އައްޑޫ ސިޓީކައުންސިލްގެ 400 އަށްވުރެ ގިނަމުވައްޒަފުންނަށް މުސާރަ ނުލިބޭކަމުގެ ޝަކުވާ އުފުލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 1 ޑިސެންބަރު 2022 , ބުރާސްފަތި 10:24   539

އައްޑޫ ސިޓީ ކައުންސިލްގެ، ހަ އަވަށަކަށް ނިސްބަތްވާ، 400 އަށް ވުރެގިނަ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ނުލިބި ލަސްވުމުގެ ޝަކުވާ އުފުލައިފިއެވެ.

މުވައްޒަފުންގެ ތެރެއިން އެކްސްޕްރެސް ނިއުސް އާއި ވާހަދެއްކި ބައެއް މުވައްޒަފުން ބުނެފައިވަނީ، މަސް ނިމުނު އިރުވެސް މުސާރަ ނުލިބޭކަމަށާއި، މުސާރަ ނުލިބި ލަސްވަނީ ކީއްވެގެންކަސް ބުނެދީފައިނުވާކަމަށެވެ.

އަޅުގަނޑުމެން މިތިބެނީ ބޭންކު ލޯނާއި އެއްޗެހި ނަގައިގެން. މަސް ނިމޭ ދުވަހު ލޯނަށް ފައިސާ ކަނޑަން ބަލާއިރު ފައިސާ ނެތިގެން ބްލެކްލިސްޓު ކުރިމާ ހުރިހާ ތަކުލީފެއް އުފުލަން މިޖެހެނީ އަހަރުމެންނަށް. ދެން ޤަވާއިދުން ދައްކަންޖެހޭ އެހެން ޕޭމެންޓްތައް ވެސް އެބަހުރި.

~ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފަކު

ވަޒީފާއާއިބެހޭ ޤާނޫނާއި ސިވިލްސާވިލް ސާވިސްގެ ޤަވާޢިދުތައް ބުނާގޮތުން، މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް މުސާދީ ނިންމަން ޖެހެއެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޢްލޫމާތު ދެއްވިގޮތުގައި، މިއީ އިދާރީގޮތުން ގެނައި ބަދަލުތަކެއްގެ ސަބަބުން ދިމާވިދަތިތަކެއްކަމަށެވެ. އެގޮތުން މުސާރަ ޖަމާކުރުމުގެ މަސައްކަތް މީގެކުރިން ފައިނޭންސް ޑިޕާޓްމެންޓްގެ ޒިންމާއެއްގެ ގޮތުގައި އޮތްނަމަވެސް، މިހާރު އެކަން ކުރަނީ އެޗްއާރު ޑިޕާޓުމެންޓުންކަމަށްވެފައި، އެރި އޮޅުންތަކެއްކަމަށެވެ. އަދި މިކަން ޙައްލުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.