ނައިބް ރައީސް ފައިސަލް ނަސީމް

ހަބަރު

ނައިބް ރައީސް ވަގުތީގޮތުން ރައީސްކަމާއި ޙަވާލުވަނީ

އަލީ އަޒްޔަން - ކ. މާލެ | 24 ފެބުރުއަރީ 2022 , ބުރާސްފަތި 00:25   394

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ތައިރޮއިޑް އޮޕަރޭޝަނެއްގައި ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތީ ވަގުތީ ގޮތުން ރައީސްކަމާއި ނައިބް ރައިސް ފައިސަލް ނަސީމް ޙަވާލުވެވައިޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި އޮޕަރޭޝަން ކުރުމުގެ މަސައްކަތް މިއަދު ހެނދުމު ފެށިފައިވާއިރު، ނައިބްރައީސް ވަރަށް އަވަހަށް ހުވާކުރައްވާނެ ކަމަށް ބެލެވެއެވެ. ޤާނޫނުގައި ބުނާގޮތުން އެއްވެސް ސަބަބަކާއި ހުރެ ރައީސުލް ޖުމްހޫރިއްޔާ އަށް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އުޒުވެރިވާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީ އަކުން އެންގެވުމަށް ފަހު ވަގުތީގޮތުން ރައީސްކަން ނައިބް ރައީސާއި ޙަވާލުވާނެއެވެ.

މިހުވާ ލައިދެއްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.