ޖެނުއަރީ 8 އިން ފެށިގެން ޗައިނާއަށް އަންނަ މީހުން ކަރަންޓީން ކުރަން ނުޖެހޭނެ

ހަބަރު

ޗައިނާއިން ދަތުރުވެރިންނަށް ކޮވިޑް-19 ކަރަންޓީނު ކުރުން ޖެނުއަރީ މަހުނެ ފެށިގެން ހުއްޓާލުމަށް ނިންމައިފި

ރާނިއާ - އޭޝިއާ | 27 ޑިސެންބަރު 2022 , އަންގާރަ 18:00   152

ޗައިނާއިން 8 ޖެނުއަރީން ފެށިގެން ދަތުރުވެރިން ކަރަންޓީނު އުވާލާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ތިން އަހަރު ދުވަހުގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، މަސައްކަތާއި ކިޔެވުމުގެ ވިސާ ލިބިފައިވާ މީހުންނާއި، އާއިލާއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކަށް ޗައިނާ އަލުން ހުޅުވާލެވިގެންދާނެއެވެ.

ނަމަވެސް މިކަން މިއަންނަނީ ހުރަސްތައް އުވާލުމާއި ގުޅިގެން ޗައިނާގައި ވައިރަސް ވަރުގަދައަށް ފެތުރެމާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން ހޮސްޕިޓަލްތައް ފުރި އުމުރުން ދުވަސްވީ މީހުން އަންނަނީ މަރުވަމުންނެވެ. ހަގީގީ އަދަދު - ދުވާލަކު ކޭސްތަކުގެ އަދަދާއި މަރުވާ މީހުންގެ އަދަދު - މިވަގުތު ނޭނގެނީ އޮފިޝަލުން ކޯވިޑް ޑޭޓާ އާންމުކުރުން ހުއްޓާލާފައިވާތީއެވެ. ބެއިޖިންގައި މިދިޔަ ހަފްތާގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 4،000 އާ ކޯވިޑް އިންފެކްޝަން ރިޕޯޓްކޮށްފައިވާއިރު މަރުވާ މީހުން މަދު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އާއްދީތަ ދުވަހު ވަނީ ކޭސް ނަންބަރުތައް އާންމުކުރުން އެއްކޮށް ހުއްޓާލާނެ ކަމަށް ބުނެފައެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ ހެލްތު ޑޭޓާ ކުންފުނި އެއާފިނިޓީ އިން ލަފާކޮށްފައިވާ ގޮތުގައި ޗައިނާއިން ދުވާލަކު މިލިއަނަކަށް ވުރެ ގިނަ މީހުން ބަލިޖެހި 5،000 މީހުން މަރުވަމުންދާ ކަމަށް ރޮއިޓާސް އިން ބުނެ އެވެ.

ތިން އަހަރު ދުވަހުގެ ލޮކްޑައުންތަކާއި ބޯޑަރުތައް ބަންދުކުރުމާއި ކޯވިޑް ކޭސްތަކާއި ކޮންޓެކްޓްތައް ކޮންމެހެން ކަރަންޓީނުކުރުމަށް ފަހު "ކޮވިޑާއެކު ދިރިއުޅުމަށް" ބަދަލުވި އެންމެ ފަހުގެ ބޮޑު އިގްތިސާދަކީ ޗައިނާއެވެ.

2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ޗައިނާއަށް އެތެރެވާ ކޮންމެ މީހަކު ވެސް ދައުލަތުގެ ފެސިލިޓީއެއްގައި - އެއްފަހަރާއި ތިން ހަފްތާއާއި ހަމައަށް - ކޮންމެހެން ކަރަންޓީނު ކުރަން ޖެހެއެވެ. މިއަދަދު ފަހަކަށް އައިސް ފަސް ދުވަހަށް ވަނީ މަދުކޮށްފައެވެ.

އެކަމަކު ހޯމަ ދުވަހު ނޭޝަނަލް ހެލްތު ކޮމިޝަނުން އިއުލާން ކުރި ގޮތުގައި ކޯވިޑް ރަސްމީކޮށް ކްލާސް ބީ އިންފެކްޝަސް ޑިޒީޒް އަކަށް ޑައުންގްރޭޑް 8 ޖެނުއަރީ އިން ފެށިގެން ކުރެވިގެންދާނެއެވެ.

މީގެ މާނައަކީ ކަރަންޓީން އުވާލެވިގެންދާނެ ކަމަށެވެ. ނަމަވެސް ވަންނަ ދަތުރުވެރިން އަދިވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ. ޗައިނާއަށް ދުވާލަކު ހުއްދަކުރާ ފްލައިޓްތަކުގެ އަދަދަށް ކަނޑައެޅި ކެޕް ވެސް އުވާލެވިގެން ދާނެއެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.