ރައްޔިތުން އަތުން ނަގާ ޓެކްސް މާބޮޑުކަމަށާއި ޓެކްސްއަށް ނަގާ ޢަދަދުތައް ތިރިކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ކެމްޕޭން ފެއްޓެވުމަށްޓަކައި "އަންނި 2023 - ފިކުރެއްގެ ދިރުން" ކެމްޕޭން ފައްޓަވަމުން، ބޭއްވި ޢާއްމު އެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުރު މުއްދަތެއްގައި ދައްކަންޖެހޭ ދަރަނީގެ ޢަދަދުތައް ބޮޑުކަމަށާއި، އޭގެ ސަބަބުން ކުރިއަށް އޮތް އަހަރުގައި ދަތިކަން ބޮޑުވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
2019 ވަނަ އަހަރުން ފެށިގެން ހަފްތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ، ރައީސްއޭ ދަރަނި، ދަރަނި، ދަރަނި، ދަރަނި...
~ މުޙައްމަދު ނަޝީދު
އެމަނިކުފާނު ވިދާޅުވީ 2019 އިން ފެށިގެން ދަރަންޏަށް ސަމާލުވުމަށް ތަކުރާރުކޮށް، ރައީސް ސޯލިޙްއަށް ހަނދުމަފުޅުއެރުވިކަމަށެވެ. އަދި ޓެކްސް ބޮޑުކުރިކުރުމާއި މެދު ސަރުކާރާއި އެއްބަސްނުވެވުނު ކަމަށެވެ. އޭއީ ސަބަބުން ތަކެެތީގެ އަގުއުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު އުފުލަން ޖެހޭނެތީކަމަށެވެ.

