ހިތަދޫ ޕޯޓްލިމިޓެޑްގައި ބޯޓަކުން މުދާބޭލުމުގެ މަސައްކަތްކުރަނީ

ހަބަރު

އައްޑޫ ސަރަޙައްދީ ބަނދަރުގައި ކްލިއާކޮށްފައި ހުންނަ މުދާ ބެހެއްޓޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޖެނުއަރީ 2023 , ހުކުރު 10:45   261

ހިތަދޫ ޕޯޓްލިމިޓެޑް, ނުވަތަ އައްޑޫސިޓީގައި ހުންނަ ސަރަޙައްދީ ބަނދަރަށް ބާލާ މުދާ، ކަސްޓަމް ކްލިއަރެންސް ހެދުމަށްފަހު ރައްކާކޮށްފައި ބެހެއްޓޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެކުންފުނިން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، އަލަށް ޢަމަލުކުރަންފަށާ އުސޫލާއިއެކު، އާދީއްތަ ދުވަހުން ފެށިގެން ޔާޑްގައި ބަހައްޓާ ވެހިކަލްތަކަށް 15 ދުވަސް ދެވޭނެއެވެ. އަދި ވެއަރހައުސްގައި ބަހައްޓާ ވެހިކަލްތަކަށް 10 ދުވަސް ދެވޭނެއެވެ.

ނަމަވެސް އެހެނިހެން މުދަލުގެ ފްރީ ސްޓޯރޭޖް މުއްދަތު ގުނާނީ އެމްޕީ.އެލް ޓެރިފް އާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޕީއެލްއިން އިތުރަށް ބުނެފައިވަނީ، އައްޑޫ ސިޓީއަށް ގިނަ ޢަދަދެއްގެ ވެލްކަލް އެތެރެވާކަމަށާއި، ބޭނުމަކީ ވެހިކަލްތައް އެތެރެކުރާ ފަރާތްތައްކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ. އަދި މިހާރު މިގެނައި ބަދަލާއިއެކު، ބަންދު ދުވަސްތަކާއިއެކު، ގާތްގަނޑަކަށް 18 ވަރަކަށް ދުވަސް ލިބިގެންދާނެކަމަށެވެ.

ޓެގްސް: އެޗްޕީއެލް ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.