ރައީސް ނަޝީދު އައްޑޫ ސިޓީ ހިތަދޫގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ

ހަބަރު

ރައީސް ނަޝީދު އައްޑުއަށް ވަޑައިގެންފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 ޖެނުއަރީ 2023 , ހޯމަ 21:47   229

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އައްޑޫ އަށް ވަޑައިގެން، ސަޕޯޓަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝިދު އައްޑުއަށް ވަޑައިގެންފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުންނެވެ. އަދި މަނިކުފާނަށް މަރުޙަބާ ދެންނެވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮތީ، ހިތަދޫ ހިރާ ސްކޫލް ކުރިމަތީގައެވެ.

އެމަނިކުފާނުގެ ކެމްޕޭން ޓީމުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެންނެވި ދަނޑިވަޅަކީ ބޯކޮށް ވިއްސާރަވެސް ވަމުންދިޔަ ދަނޑިވަޅެއްކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރި އެތައްބަޔަކު ވާރޭގައި ނިކުމެ މަރުޙަބާ ދެންނެވުމުން އެކަމާ ވަރަށްބޮޑަށް އުފާކުރާ ކަމަށެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ، ކެމްޕޭނުގައި ކުރައްވާ ފަހު ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ. އެމަނިކުފާނު ވަނީ ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ރަށްރަށް ވަޑައިގެން ކެމްޕޭންކުރައްވާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ :

ފޮޓޯތައް

ވީޑިއޯ ފުޓޭޖް

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.