އ.ދ. އިން މިއަހަރަށް ކަނޑައަޅާފައިވާ ސްލޯގަން އަކީ، "ޖިންސުގެ ހަމަހަމަކަމަށްޓަކައި އީޖާދީ ވިސްނުމަކާއި ޓެކްނޮލޮޖީ"

ހަބަރު

މިއަދަކީ ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 މާރޗް 2023 , ބުދަ 11:20   218

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކޮންމެ އަހަރެއްގެ މާޗް މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރަނީ އަންހެނުންގެ އިޖުތިމާއީ، އިގްތިސާދީ، ސަގާފީ، އަދި ސިޔާސީ ކާމިޔާބީތައް ފާހަގަކޮށް، ޖިންސުގެ ހަމަހަމަކަން ހޯދުމުގައި ކުރިއަށްދާ މަސައްކަތަށް މީހުން ހޭލުންތެރިކުރުމަށެވެ.

މި ދުވަހަކީ، އަންހެނުންގެ ހައްގުތައް ހަލުވިކޮށް، މުޅި ދުނިޔޭގައި އަންހެނުން ބާރުވެރިކުރުވުމަށް ގޮވާލެވޭ ގޮވާލުމެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ދުވަހެކެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެއްގެ ޚިޔާލު އެންމެ ފުރަތަމަ އުފެދުނީ 20 ވަނަ ގަރުނުގެ ކުރީކޮޅު، އަންހެނުންގެ ހަރަކާތްތައް ކުރިއަރަމުން އައިސް، ވޯޓުލުމުގެ ހައްގާއި، މަސައްކަތުގެ ހާލަތު ރަނގަޅުކުރުމާއި، އިޖުތިމާއީ ހައްގުތަކަށް ގޮވާލުން އިތުރުވަމުން އައި ދުވަސްވަރެވެ.

އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރީ 1911 ވަނަ އަހަރު، އަންހެނުންނަށް ވޯޓުލުމާއި މަސައްކަތުގެ ހައްގު ހޯދައިދިނުމާއި، އަންހެނުންނަށް ކުރާ ތަފާތުކުރުމާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ބައެއް ޤައުމުތަކުގައި ބޭއްވި ސިލްސިލާ އެއްވުންތަކާއި މުޒާހަރާތަކަށްފަހުއެވެ.

އޭގެ ފަހުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ހައްގުތަކާއި ޖިންސީ ހަމަހަމަކަމާއި ކުރިއެރުވުމުގެ އިތުރުން ދުނިޔޭގެ އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލުމުގެ ޕްލެޓްފޯމަކަށެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތީމް އަހަރުން އަހަރަށް ތަފާތުވި ނަމަވެސް އަބަދުވެސް އަމާޒަކީ އަންހެނުންނަށް އިންސްޕަޔަރކޮށް ބާރުވެރިކުރުވުމެވެ.

އ.ދ. އިން ރަސްމީކޮށް މިދުވަސް ފާހަގަކުރަން ފެށީ 1996 ވަނަ އަހަރުއެވެ. ނަމަވެސް މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށިފަހުން މިއީ ސަތޭކަ ބާރަވަނަ އަހަރެވެ.

އ.ދ. އިން އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައިި ކަނޑައަޅާފައިވާ ޚާއްޞަ ތީމަކީ، "ޑިޖިޓަލްއޯލް: ޖެންޑަރ އިކުއަލިޓީއަށް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ" އެވެ.

ޓެގްސް: ޚާއްޞަކޮށް ފާހަގަކުރާ ދުވަސްތައް ކަނބަލުން ޙައްޤުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.