2000 ވަނަ އަހރުގެ ފަހުކޮޅުން ފެށިގެން ޖެކްމާ މީހުންނާއި ހަމައަކަށް ނުނިކުމޭ

ދުނިޔެ

އަލިބާބާގެ ފައުންޑަރ ޖެކްމާ، ޒަމާންތަކަކަށް ފިލައިގެން އުޅުމަށްފަހު އަނެއްކާވެސް މީހުންގެ ތެރެއަށް ނިކުންނަން ފަށައިފި

އަލީ އަޒްޔަން - އޭޝިއާ | 27 މާރޗް 2023 , ހޯމަ 20:11   184

ފާއިތުވި ތިން އަހަރު ތެރޭގައި އާންމު ތަންތަނުން މަދުން ނޫނީ ނުފެންނަ އަލީބާބާގެ ބާނީ ޖެކް މާ އަލުން ފެނިގެން ގޮސްފައިވަނީ ހެންގްޒޯގެ ސްކޫލެއްގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 58 އަހަރުގެ ޖެކްމާ ވަނީ 2020 ވަނަ އަހަރު ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރުންނަށް ފާޑުކިޔުމަށްފަހު ލޯ ޕްރޮފައިލް އެއް ގެންގުޅެފަ އެވެ. ޢާއްމުކޮށް މީހުންނަށް ފެނިފައިނުވެއެވެ.

މާ އަކީ ޓެކް ވިޔަފާރިވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ތެރޭގައި ޢާއްމުންގެތެރެއިން ގެއްލުނު ޗައިނާގެ އެންމެ މަތީ ފެންވަރުގެ ބިލިއަނަރެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓާއި ޙަވާލާދީ ސީއެންއެންއިން ބުނެފައިވާ ގޮތުގައި ޤައުމުން ބޭރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު އޭނާ އެނބުރި ޗައިނާއަށް އައީ ދާދި ފަހުންނެވެ.

އަލީބާބާގެ އަމިއްލަ ނޫހުގައި ބުނެފައި ވަނީ ހޮންކޮންގުގައި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށް، ރައްޓެހިންނާ ބައްދަލުވެ، ބައިނަލްއަގްވާމީ އާޓް ފެއާއެއް ކަމަށްވާ އާޓް ބާސެލް އަށް ވެސް ކުރު މުއްދަތަކަށް އޭނާ ޒިޔާރަތް ކުރި ކަމަށެވެ.

އަދި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީއާ ބެހޭ ގޮތުން ދަސްކުރުމަށް މާ އެކި ގައުމުތަކަށް ދަތުރުކުރަމުން ދިޔަ ނަމަވެސް ފާއިތުވި އަހަރުތަކުގައި އާންމުންގެ ލޮލުން ގެއްލިގެން ދިޔައީ ކީއްވެގެން ކަމެއް ހާމަކޮށްފައި ނުވެއެވެ.

ކުރީގެ އިނގިރޭސި ޓީޗަރެއް ކަމަށްވާ މާ ވަނީ އަލީބާބާގެ މައި އޮފީސް ހުންނަ ސިޓީ ހެންގްޒޯގެ ޔުންގޫ ސްކޫލްގެ މުވައްޒަފުންނާ ބައްދަލުކޮށް ކްލާސްރޫމްތައް ޒިޔާރަތްކޮށްފައެވެ.

އޭނާ އެސްކޫލްތަކަށް ގޮސް ވާހަކަ ދެއްކެވީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ތައުލީމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭ ގޮތުން ކަމަށް އެ ސްކޫލުގެ ސޯޝަލް މީޑިއާ ޕޭޖުގައިވެ އެވެ.

"ޗެޓްޖީޕީޓީ އާއި މިފަދަ ޓެކްނޮލޮޖީތަކަކީ ހަމައެކަނި އެއައި ޒަމާނުގެ ފެށުން. އާޓިފިޝަލް އިންޓެލިޖެންސްގެ ކޮންޓްރޯލްގެ ބަދަލުގައި މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރަންވީ،" އޭނާ ވިދާޅުވި އެވެ.

އެއް ޒަމާނެއްގައި ޗައިނާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މާ ވަނީ މިއަހަރުގެ ޖެނުއަރީ މަހު ފައިނޭންޝަލް ޓެކްނޮލޮޖީގެ ޖަޔަންޓް އެންޓް ގްރޫޕްގެ ކޮންޓްރޯލް ދޫކޮށްލާފައެވެ.

އެއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކައި މާ ބާރުގަދަ މީހަކަށް ވެގެން އޭނާ ވެއްޓިފައިވާ ކަމުގެ އިތުރު ހެއްކެއްގެ ގޮތުގައި ބައެއް ދިރާސާކުރާ ފަރާތްތަކުން ދެކެމުން ދިޔައެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މާލީ ކޮންފަރެންސެއްގައި މާ ވިދާޅުވީ ސަގާފީ ބޭންކުތަކުގައި "ޕޯން ޝޮޕް މެންޓަލިޓީ" އެއް އޮންނަ ކަމަށެވެ.

ޖެހިގެން އައި މަހު ދުނިޔޭގެ އެންމެ ބޮޑު ސްޓޮކް މާކެޓް ފްލޯޓޭޝަން ވާން އޮތް 26 ބިލިއަން ޕައުންޑްގެ ސްޓޮކް މާކެޓް ފްލޯޓޭޝަން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެންމެ ފަހު ވަގުތު ކެންސަލް ކުރި އެވެ.

އޭގެ ފަހުން ސްޕެއިން، ނެދަލެންޑްސް، ތައިލެންޑް އަދި އޮސްޓްރޭލިއާ ފަދަ އެކި ގައުމުތަކުން އޭނާ ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާ ޖަޕާނުގެ ޓޯކިޔޯގައި ދިރިއުޅުއްވާތާ ހަ މަސް ދުވަސް ވެއްޖެ އެވެ.

މާ ފުރަތަމަ އާންމުކޮށް ތަންތަނަށް ހާޒިރުވުން ހުއްޓާލިއިރު، އޭނާ ގޭބަންދުގައި ބަހައްޓުމުގެ އަމުރެއް ނުވަތަ ބަންދުކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.

ޓެގްސް: އިންޓަނެޓް ޤައުމުތަކުގެ އިސް ވެރިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.