ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް، ބަލި ފެތުރުމުގެ ފުރުޞަތު ކުޑަ: ހެޗްޕީއޭ

ހަބަރު

ހިމަބިހި ޖެހިފައިވާކަމަށް ޝައްކުކުރެވޭ ދެކޭސްއެއް ފެނިއްޖެ، އައްޑޫއިން ކުއްޖަކު ހިމެނޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 އޭޕުރިލް 2023 , ހޯމަ 19:43 1   357

ރާއްޖެއިން މީގެކުރިން ނައްތާލާފައިވާ ހިމަބިހި (ނުވަތަ މީސްލްސް) ގެ ދެ ކޭހެއް ފެންމަތިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މީގެ އެއްކުއްޖަކު ޕޮޒިޓިވް ވެފައިވަނީ އައްޑޫ އިންނެވެ. އަދި ދެވަނަ ކޭސް ޝައްކު ކުރެވުނު ނަމަވެސް މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.

އިތުރަށް ހެޗްޕީއޭ އިން ބުނެފައިވަނީ މިއީ އައުޓްބްރޭކެއްގެ ގޮތުގައި ބެލި ފިޔަވަޅުތައް އަޅަމުން ދިޔަނަމަވެސް، މި ދެކޭހުގައިވެސް ގައިންގަޔަށް ފެތުރުމުގެ މުއްދަތު ފަހަނަޅާފައިވާތީ، އިތުރަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކަމަށެވެ.

ހިމަބިހި : މިބަލި ޖެހުމުން ހުން އައިސް ހަމުގައި ރަތް ބިހިތަކެއް ނަގައެވެ. އަދި ލޯ ރަތްވުމާއި ނޭފަތުން އަރިދަފުން ފޭބުން ވެސް ޢަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ނިއުމޯނިއާ، އެންސެފަލައިޓިސް (ސިކުނޑި ދުޅަވުން)، އަދި މަރުވުން ފަދަ ކޮމްޕްލިކޭޝަންތައް ކުރިމަތިވެދާނެއެވެ.

އެންމެ ފަހުން ރާއްޖެއިން މިބަލީގެ ކޭސްއެއް ފެނިފައިވަނީ މީގެ ދެއަހަރު ކުރިންނެވެ.

މީސްލްސް ނުވަތަ ހިމަ ބިއްސަކީ ކިހާ ނުރައްކާތެރި ބައްޔެއް

ވަކިން ޚާއްޞަކޮށް ފަސް އަހަރުން ދަށުގެ ކުދިންނަށާއި މާބަނޑު އަންހެނުންނާއި، ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މީސްލްސް އަކީ ވަރަށް ނުރައްކާތެރި އަދި ފުރާނައަށް ނުރައްކާހުރި ބައްޔަކަށްވުން އެކަށީގެންވާކަމަށް ސިއްޙީ މާހިރުން މަޢްލޫމާތުދެއްވާފައިވެއެވެ.

މިބައްޔަކީ ކެއްސުމާއި ކިނބިހި އެޅުމުގެތެރެއިން ވަރަށް ބޮޑަށް ފެތުރިގެންދާ ބައްޔެކެވެ.

ރައްކާތެރި އަދި ފައިދާހުރި ވެކްސިނަކުން މީސްލްސް އިން ރައްކާތެރިވެވޭއިރު، މިހާތަނަށް ބަލި ފެތުރި ނުރައްކާ ބޮޑުވެފައިވަނީ، ވެކްސިން ދިނުމުގެ ނިސްބަތް ދަށް ސަރަހައްދުތަކުގައި ނުވަތަ ވެކްސިން ނުލިބޭ ސަރަހައްދުތަކުގަ އެވެ. އެހެންކަމުން ރާއްޖޭގައި އާދަޔާއި ޚިލާފު މިންވަރަކަށް ބަލި ފެތުރުމުގެ ޖާގަ ވަރަށް ވެސް ހަންޏެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ބޭނުންތެރިކަމެކެވެ.

މީސްލްސް ސީރިއަސްކޮށް ނަގައި، މި ބައްޔަށް ހުށަހެޅިފައިވާ ކަމަށް ޝައްކު ކުރެވޭނަމަ ވެކްސިން ޖަހައިގެން ސިއްހީ ފަރުވާ ހޯދުމުން އަމިއްލަ ނަފްސާއި ވަށައިގެން ތިބި މީހުން ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށް ކަމާއިބެހޭ އިދާރާތަކުން އިރުޝާދުދެއްވައެވެ.

ޓެގްސް: ސިއްޙަތު ބަލިމަޑުކަން އެޗްޕީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.