އޭއީއެޗްގެ ސީއީއޯ، މުހައްމަދު ސޯލިޙް (މ)

ހަބަރު

މީސެލްސްގެ އިތުރު ކޭސްއެއް، އައްޑޫގެ ސިއްޙީ މަރުކަޒުތަކުން ބަލިފެތުރުން ކޮންޓްރޯލްކުރަން މަސައްކަތެއް ނުކުރޭ!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޭޕުރިލް 2023 , ހުކުރު 11:55   553

މީސެލްސްގެ އިތުރު ކޭސްއެއް އައްޑޫސިޓީއިން ފެނިއްޖެއެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ލިބިފައިވާގޮތުގައި އަލަށް ފެނުނު ކޭސް ފެނިފައިވަނީ ރޭގެ ވަޤުތެއްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބައްޔަށް ޝައްކުކުރެވިގެން ހޮސްޕިޓަލަށް ދިޔަ ކުޑަކުއްޖެއްގެ ގައިންނެވެ.

ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން، ބަލި ކޮންޓްރޯލްކުރުމަށް ހޮސްޕިޓަލް ތައްޔާރުވެފައި ނުވާތީ އާއި މަސައްކަތުގެ މާޙައުލުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާވަރަށް މަސައްކަތް ކުރަމުންނުދަކަމަށް ބުނެފައިވެއެވެ.

މިގޮތުން މިފަދަ ކޭސްކަމަށް ޝައްކުކުރެވިގެން ދާ ފަރާތްތަކަށް ފަރުވާދިނުމަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ފޯރުކޮށްދީފައި ނުވުމާއި، އެފަދަ ކޭސްތަކަށް ސަމާލުކަން ދިނުމާއި އެކަށީގެންވަރަަށް މަޢުލޫމާތުދީ ބަލަހައްޓަމުން ނުދާކަމުގެ މަޢްލޫމާތު ވެސް ލިބިފައިވެއެވެ.

މީސްލްސް ނުވަތަ ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާކަމަށް އިޢްލާންކޮށްފައިވާ، އެބަލި ޖެހުމުން ކުޑަކުދިންނަށާއި ޢުމުރުން ދުވަސްވީ މީހުންގެ ފުރާނައަށް ނުރައްކާކުރާ ބައްޔެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީ މިދިޔަ ހަފްތާތެރޭގައި ބުނެފައިވަނީ މީސެލްގެ ދެ ކޭސްއެއް ފެނިފައިވާކަމަށެވެ. ހެޗްޕީއޭ އިން ނެރެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވަނީ އައްޑޫ ސަރަޙައްދު އެކަންޏެވެ. މިކޭސްތައް ދިމާވެފައިވަނީ ކުރިން ވެކްސިންދީފައިވާ ކުދިންނަށްކަމަށް ވެސް ބުނެފައިވާއިރު، އެޗްޕީއޭ އިން ބަޔާން ނެރުން ފިޔަވައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމުގެ މަޢްލޫމާތު ލިބިފައިނުވެއެވެ.

ޓެގްސް: އެޗްޕީއޭ ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.