ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ އަލްކުލައިލާ ކައިރިން ހަލާކުވި ކުޑަ ބްރިޖަކަށް ކުޑަކުއްޖަކު އަރައި

ދުނިޔެ

އިޒުރޭލުން ލުބްނާނާއި ގާޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފި

އަލީ އަޒްޔަން - މެދުއިރުމަތި | 8 އޭޕުރިލް 2023 , ހޮނިހިރު 08:23   118

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނާއި ޣައްޒާގެ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް ހަމާސްއަށް ނިސްބަތްވާ ތަންތަނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އަސްކަރިއްޔާއިން ބުނީ މި ހަމަލާތަކަކީ ބުރާސްފަތި ދުވަހު ލުބުނާނުން އިސްރާއީލުގެ އުތުރަށް ފޮނުވާލި 34 ރޮކެޓާއިއެކު، ރައްދު ދީފައިވާ ހަމަލާތަކެއް ކަމަށާއި އެކަމުގެ ޒިންމާ ހަމާސްގެ ބޮލުގައި އަޅުވާފައިވާ ކަމަށެވެ.

ޣައްޒާގައި ހަނގުރާމަވެރިން ވަނީ އިޒްރޭލުން ހަމަލާތައް ފެށުމަށްފަހު އިތުރު ދިހަވަރަކަށް ރޮކެޓް ފޮނުވާފައެވެ.

މި ހަފުތާގެ ކުރީކޮޅު ގުދުސްގެ އަލް އަގްސާ މިސްކިތުގައި އިސްރާއީލުން ދެ ރޭ ހިންގި އޮޕަރޭޝަނާއި ގުޅިގެން ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.

މި ރޭޑްތަކުގެ ސަބަބުން އިސްލާމްދީނުގެ ތިންވަނައަށް އެންމެ މާތް ތަން ކަމަށްވާ އަޤްޞާ މިސްކިތުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި މުޅި ސަރަހައްދުގައި ހަލަބޮލިކަމެއް ވަނީ އުފެދިފައެވެ.

ހަމާސްއިން ރޮކެޓްތައް ފޮނުވާލީ ލުބުނާނުން ކަމަށް ބުނެފައެއް ނުވެ އެވެ.

އެކަމަކު އޭރު ބެއިރޫތަށް ޒިޔާރަތް ކުރައްވަމުން ގެންދެވި އެ ޖަމިއްޔާގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ އިސްރާއީލުގެ އުދުވާނީ އަމަލުތަކާ ކުރިމަތިލާއިރު ފަލަސްތީނު މީހުން "އަތް ހުރަސްކޮށްގެން އިށީނދެގެން ނުތިބޭނެ" ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކަށް ގަޑިއެއްހާއިރު ފަހުން އިސްރާއީލުގެ ދެ އަންހެން ކުއްޖަކު މަރުވެ، އެމީހުންގެ މަންމައަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފައިވެއެވެ

އެ ހަމަލާތަކުގެ ތެރޭގައި ޣައްޒާއިން އިސްރާއީލުގެ ދެކުނާއި ދިމާލަށް މަދުވެގެން 44 ރޮކެޓް ފޮނުވާފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެއެވެ.

މީގެ ގިނަޙަމަލާތައް، އިސްރާއީލުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމުން ހުއްޓުވި ނަމަވެސް މަދުވެގެން އެކަތި ގެއެއް ގެއެއްގެ ތެރެއަށް ވެއްޓިފައިވެއެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.