ދުން ބޮން އުކާލި ކަމަށް ބެލެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ދުނިޔެ

ޙަރަކާތެއްގައި އުޅުއްވަނިކޮށްޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަށް ދުން ބޮމަކުން ޙަމަލާދީފި

އަލީ އަޒްޔަން - އޭޝިއާ | 15 އޭޕުރިލް 2023 , ހޮނިހިރު 11:27   214

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އަށް ދުން ބޮމެއް ކަމަށް ޝައްކުކުރެވޭއެއްޗަކުން ޙަމަލާފިއެވެ. ނަމަވެސް މިކަމުން އޭނާއަށް މިކަމުން މާބޮޑު އަސަރެއްނުކޮށް ސަލާމަތީ ހިސާބަކަށް ގެންދެވިފައެވެ.

ކިޝިޑާ ތަގުރީރު ކުރައްވަން ހަމަޖެހިފައި އޮތް ވަކަޔާމާ ސަރަޙައްދުން މީހަކު ބަންދުކޮށްފައިވާ ކަމަށް ޖަޕާނުގެ ލޯކަލް މީޑިއާތަކުން ބުނެއެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވާގޮތުގައި އެމީހުންނަށް މީހަކު އެއްޗެއް އުކާލިތަން ފެނުނެވެ. އޭގެ ފަހުން ދުން އަރާތަން ފެނުނު އިރު އަނެއް މީހަކު ބުނީ ބޮޑު ގޮވުމެއް އަޑު އިވުނު ކަމަށެވެ. އެއްވެސް މީހަކަށް މިޙާދިސާގެތެރެއިން އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޮފިސަރުން ޝައްކު ކުރެވޭ މީހެއް ކަމަށް ބެލެވޭ މީހެއްގެ ވަށާލައި އެމީހާ ހައްޔަރުކުރަން ތިއްބެވެ.

ފުލުހުން ބުނަނީ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އަދި އިތުރު އެއްޗެއް ބުނަން ބޭނުންނުވާކަމަށެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ކިޝިޑާއާ ހަވާލާދީ ބުނެފައިވަނީ އެ ތަނުގައި "އަޑުގަދަ ގޮވުމެއް" ހިނގާފައިވާ ކަމަށެވެ. "ގިނަ ބަޔަކު ކަންބޮޑުވާންޖެހި، އެމީހުންނަށް އުނދަގޫ ކުރި ކަމަށްޓަކައި މައާފަށް އެދެން."

އެންއެޗްކޭ އިން ބްރޯޑްކާސްޓް ކުރި ފޫޓޭޖްތަކުގައި ގިނަ ބަޔަކު އެތަނުން ފިލައިގެން ދާމަންޒަރު ފެނެއެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ޝެޑިއުލްގައި ރޭވިފައިވާގޮތަށް ކެމްޕޭނުގައި، ދުވަހުގެ ބާކީ އޮތްބައި ކުރިއަށް ގެންދާނެ އެވެ.

ޓެގްސް: ޖަޕާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.