ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް، ރާއްޖެއަށް ފާއިތުވެދިޔަ 4 މަސްތެރޭ ހަލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

ހަބަރު

ރާއްޖޭގެ ޓޫރިޒަމް ބާޒާރަށް ބަދަލުތަކެއް : ރަޝިއާ ލިސްޓުގެ ކުރިއަށް، ދެވަނައިގައި އިންޑިއާ، ދެން އިނގިރޭސިވިލާތް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 އޭޕުރިލް 2023 , ހޮނިހިރު 12:27   211

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ (ރޫސީވިލާތް) އިން ނެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުންނެވެ.

ފާއިތުރވެދިޔަ ހަތަރު މަސްތެރޭގައި ރާއްޖެއަށް ޖުމްލަ 626،000 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން ވަނީ 75،000 މީހުން ޒިޔާރަތްކޮށްފައެވެ. އިންޑިއާއިން ޒިޔާރަތްކުރީ 66،000 ފަތުރުވެރިންނެވެ. އިނގިރޭސި ވިލާތުން ޒިޔާރަތްކޮށްފައިވަނީ 61،000 ފަތުރުވެރިންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި، ރަޝިޔާ އިން ޔޫކްރޭނަށް އެރުމުގެ ޙާދިޘާ އާއިގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި މީގެ ކުރިން ޔޫރަޕްގެ ޤައުމުތައް ކަމުގައިވާ އިޓަލީވިލާތާއި، ޖަރުމަންވިލާތާއި، އިނގިރޭސިވިލާތުގެ އިތުރުން ޗައިނާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ބޮޑު ބައެއް ހިއްސާކުރަމުން ގޮސްފައިވާއިރު، އެކަމަށް ބަދަލު އައިސް، ރޫސީވިލާތާއި އިންޑިއާ އިން ވަނީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ.

ޗައިނާ އިން މިހާރު ކޮވިޑްގެ ފިޔަވަޅުތައް އުވާލާފައިވީނަމަވެސް، އަދިވެސް ޗައިނާގެ އިޤްތިޞާދު ހިނގައިގަންނަން ފަށާފައި ނުވެއެވެ.

ރަޝިއާގެ ފަތުރުވެރިން އާއްޖެ އިޚްރިޔާރުކުރުމުގެ މައިގަނޑު ސަބަބުގެ ގޮތުގައި ބެލެވެނީ، އެޤައުމާއި ދެކޮޅަށް ބައިނަލްޢަޤްވާމީ މުޖްތަމަޢުން އަޅާފައިވާ ފިޔަވަޅުތަކެވެ. މިފިޔަވަޅުތަކާއިއެކު، ޔޫރަޕާއި އެމެރިކާ ސަރަޙައްދަށް އެޤައުމުގެ ފަތުރުވެރިންނަށް ދަތުރު ނުކުރެވެއެވެ.

ޓެގްސް: ޗައިނާ ރަޝިއާ ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.