ސޫދާނުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާއި އެހެން ޤައުމުތަކުގެ މީހުން ޤައުމުން ބޭރުވުމުގައި ސަރުކާރުތަކުންދަނީ މަސައްކަތްކުރަމުން

ދުނިޔެ

ސޫދާން ހަމަނުޖެހުން: ޑިޕްލޮމެޓުންނާއި ބިދޭސީން ޤައުމުން ނެރެފި

އަލީ އަޒްޔަން - ދުނިޔެ | 24 އޭޕުރިލް 2023 , ހޯމަ 11:09   124

ސޫދާނުގެ ވެރިރަށް ޚާރްޠޫމްގައި ވަރުގަދަ ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ހިނގަމުންދާތީ، ޑިޕްލޮމެޓުންނާއި އެހެން ޤައުމުތަކުގެ ރައްޔިތުން އެޤައުމުން ބޭރުކުރުމުގެ މަސައްކަތް އެޤައުމުތަކުގެ ސަރުކާރުން ކުރަމުން އަންނަކަމަށް ޚަބަރުތައް ބުނެފިއެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ޑިޕްލޮމެޓުންފުރައިގެން ދާން ފަށާފައި މިވަނީ ހުކުރު ދުވަހުން ފެށިގެންނެވެ.

ފްރާންސް، ޖަރުމަން، އިޓަލީ އަދި ސްޕެއިން ފަދަ ގައުމުތަކުން ވެސް މީހުން ނެރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.

ގަވާއިދުން ސިފައިންނާއި ބާރުގަދަ ޕެރަމިލިޓަރީ ފޯސްއަކާ ދެމެދު ހިނގަމުންދާ ނުރައްކާތެރި ކުރިމަތިލުންތަކުގެ ސަބަބުން މުޅި ޤައުމުގައި ވަނީ އަނިޔާވެރިކަމުގެ މާޙައުލެއް އުފެދިފަ އެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނީ "އަވަސް އަދި ސާފު" އޮޕަރޭޝަނެއްގައި އާދީއްތަ ދުވަހުގެ ހެނދުނު ތިން ޗިނޫކް ހެލިކޮޕްޓަރުން 100 އަށް ވުރެ މަދު މީހުން އެއާލިފްޓްކޮށްފައިވާ ކަމަށެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އާދީއްތަ ދުވަހު ފްރާންސްގެ ރައްޔިތުންނާއި އެހެން ބަޔަކު ގޮވައިގެން ޖިބޫޓީއަށް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ

ފްރާންސްގެ މަތިންދާބޯޓުގައި ޚާރްޠޫމް އިން އަތްމަތި ދަތިވި ނެދަލޭންޑުގެ ރައްޔިތުންތަކެއް ފުރައިގެން ދިޔައިރު، ހުކުރު ދުވަހުގެ ހަވީރު އިތުރު ރައްޔިތުން އެއާލިފްޓްކޮށް ބޭރަށް ނެރެވޭނެ ކަމަށް ނެދަލެންޑްސް އިން އުންމީދުކުރެއެވެ

ޖަރުމަނުގެ ސިފައިން ބުނީ، ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ސޫދާނުން ފުރައިގެން، އުރުދުނަށް ދަތުރުކޮށްފައި ވާއިރު، އެ ބޯޓުގައި 101 މީހުން ތިބި ކަމަށެވެ

އިޓަލީ އާއި ސްޕެއިން އިން ވެސް ރައްޔިތުން ނެރެފައިވާއިރު ސްޕެއިންގެ މިޝަންގައި ހިމެނެނީ އާޖެންޓީނާ، ކޮލަމްބިއާ، އަޔަލޭންޑް، ޕޯޗުގަލް، ޕޮލެންޑް، މެކްސިކޯ، ވެނެޒުއެލާ އަދި ސޫދާނުގެ ރައްޔިތުންނެވެ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އޭނާގެ ސަރުކާރުން އެގައުމުގެ ޑިޕްލޮމެޓިކް ސްޓާފުން އެއްކޮށް ނެރެފައިވާ ކަމަށެވެ.

ޓެގްސް: އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.