ސްރީލަންކާގެ މަޖިލީސްކުރާގެ ކުރިމަތީގައި މުޒާހިރާކުރަނީ

ހަބަރު

ސްރީލަންކާ، އައިއެމްއެފް އިން 3 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ނެގުމަށް ތައްޔާރުވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 29 އޭޕުރިލް 2023 , ހޮނިހިރު 14:43   112

ރައީސް ރަނިލް ވިކްރަމަސިންހަ މަޖިލީހުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އިގްތިސާދީ އިސްލާހުގެ ސީރިއަސް ޕްރޮގްރާމެއް ފަށާތީ މަޖިލީހުން ރުހުން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ފެތުރެމުންދިޔަ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ކާރިސާވެރި އިގްތިސާދީ އަދި އިންސާނީ ދަތިކަމުގެ ސަބަބުން އެ ޖަޒީރާ ސްރީލަންކާގައި އިގްތިސާދު ދިރުވުމަށްޓަކައި ބޭނުންވާ ފައިސާގެ ތެރެއިން ތިން ބިލިއަން ޑޮލަރުގެ އައިއެމްއެފް ބެއިލްއައުޓް ޕެކޭޖު، އެޤައުމުގެ ޕާލަމެންޓުން ހުކުރު ދުވަހު ފާސްކޮށްފި އެވެ.

މިދިޔަ މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އެޤައުމު އިގްތިސާދީ ދަތިކަމުން އަރައިގަތުމަށާއި ތަރައްގީގެ އެހެން ބައިވެރިންގެ މާލީ އެހީތެރިކަން އަންދާޒާކުރުމަށް ބެއިލްއައުޓް ޕްރޮގްރާމް ފާސްކޮށްފައިވާއިރު، މިއީ ފާއިތުވެދިޔަތަނަށް ބަލާއިރު، މުހިންމު "ތާރީހީ މައިލްސްޓޯން" އެއްގެ ގޮތުގައި ކޮލަމްބޯއިން ބުނެއެވެ.

ހުކުރު ދުވަހު 3 ދުވަހުގެ ބަހުސް ނިމުނުއިރު 225 މެންބަރުންގެ މަޖިލީހުގައި 120 މެމްބަރުން ވޯޓު ދެއްވިއިރު އޭގެ ތެރެއިން 25 މެންބަރުން ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދާފައެވެ.

ފިނޭންސް މިނިސްޓަރު ކަންވެސް ކުރައްވަމުން އަންނަ ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަމުން ވިދާޅުވީ މިފިޔަވަޅަކީ، އިގްތިސާދު ހަމަޖެހުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ގާއިމްކުރުމާއި ހުރިހާ ފަރާތްތަކެއް ހިމެނޭ ތަނަވަސް ގައުމެއް ބިނާކުރުމަށް އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަމަށެވެ.

އެ ފެސިލިޓީ ހޯދުމުގައި ހާމަކަން ކުޑަ ކަމަށް ތުހުމަތު ކުރެއްވި އިދިކޮޅު ސަމާގީ ޖަނާ ބަލަވޭގަޔާ (އެސްޖޭބީ)ގެ މައިގަނޑު މެންބަރުން މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެފައެއް ނުވެ އެވެ.

3 ބިލިއަން ޑޮލަރުގެ ފެސިލިޓީ ލިބިފައިވާއިރު، މިހާރު ދަނީ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ކްރެޑިޓަރުންނާ އެކު ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ރަނިލް ވިކްރަމަސިންހަ ވިދާޅުވީ މެއި މަހުގެ މެދުތެރޭގައި ރީސްޓްރަކްޗާ ޕްރޮގްރާމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

ޓެގްސް: ސްރީލަންކާ އައިއެމްއެފް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.