އިބްރާހިމް ޖުނެއިދު (ޢާއްމުނަމުން މަސްޢޫދު/ބެޓް) ޕީޕީއެމްގެ ލީޑަރޝިޕާއިއެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

ވަޢުދުތައް ނުފުއްދޭތީ، މަސްއޫދު އެމްޑީޕީ ދޫކޮށް ޕީޕއެމް އަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ޖޫން 2023 , ހުކުރު 16:36   950

މިސަރުކާރު ވުޖޫދަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އައްޑޫ ސިޓީ ފޭދޫ، އިބްރާހިމް ޖުނެއިދު، މަޝްހޫރު ނަމުންނަމަ މަސްޢޫދު، އެމްޑީޕީ ދޫކޮށް ޕީޕީއެމްގެ ލީޑަރޝިޕާއި ގުޅިވަޑައިގެންފިއެވެ.

މަސްޢޫދު ވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވާދަކޮށް ގިނަ ބައެއްގެ ތާޢީދު ހޯއްދަވާފައެވެ.

މިކަމާއި ގުޅިގެން އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން މަސްޢޫދު ވިދާޅުވީ މިސަރުކާރާއި އެކު އައްޑޫ ރައްޔިތުން ނުހަނު ގިނަ އުއްމީދުތަކެއް ކުރި ކަމަށާއި އޭގެއިން ކަމެއްގައި މިހާތަނަށް ކުލަ ޖެހިފައި ނުވާކަމަށެވެ.

ކޮބައިތޯ އައްޑޫ ގައި އަޅަން ބުނި 8،000 އެނދު. މުޅި އައްޑޫގެ އިޤްތިޞޯދު މިއޮތީ މިއިން ޒަމާނަކު ނުވެއްޓޭހާ ދަށުގައި. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވީ. ކިޔައިވަގެން މޮޅު ނަތީޖާ ހޯދާ ދަރިވަރުން ދާނެ ވަޒީފާއެއް ނެތް. ވަޒީފާތައް އިތުރެއް ނުވޭ. ބޮޑުތަނުން މަދުވީ. ވައުދު ނާމާ އޮތީ އަތްނުލާ. އަޅަންބުނި ތާރަ ވެސް 20 ޕަސެންޓް ވެސް އަޅައި ނުދެވުނު. އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަންކަންކޮށްފައި ހުރީ.

~ އިބްރާހިމް ޖުނެއިދު (މަސްޢޫދު)

އިތުރަށް މަސްޢޫދު ވިދާޅުވީ، މިސަރުކާރުން ވަޒީފާދީ އެތައް ބަޔަކު ގަންނަން މަސައްކަތްކުރަމުންދާ ކަމަށާއި، އޭނާއަށް ވެސް އެފަދަ ވަޒީފާގެ އޮފާތައް ލިބުނުކަމަށެވެ. ނަމަވެސް، އެގޮތަށް މެޗު ނިމިނިމި އޮތްވާ ބޯޅަކުޅެން ބޭނުންނުވާކަމަށެވެ.

"ސަރުކާރުން އަންނަނީ ކިރިޔާ ވެސް އިދިކޮޅަށް އެއްޗެކޭ ބުނާ މީހެއް ވެއްޖިއްޔާމު އެމީހަކު ގަނެލެވޭތޯ ބަލަމުން. މިސަރުކާރު ހޮވަން މަސައްކަތް ކުރެވުނީތީ ފަޚުރުވެރި ނުވޭ. އެކަމާއި އިންތިހާއަށް ހިތާމަކުރަން" މަސްޢޫދު ވިދާޅުވިއެވެ.

މިލިޔުމާއި ގުޅޭ :

ވަޢުދުތައް ނުފުއްދޭ، ރައީސް އަނެއްކާވެސް އައްޑޫއަށް!

ޓެގްސް: އެމްޑީޕީ ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.