އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެމެރިކާ އާއި ޗައިނާ ދެމެދުގައި އޮން ވާދަވެރިކަމާން ނުތަނަވަސްކަން ޙައްލުކުރަން އުނދަގޫ މައްސަލައެއް

ދުނިޔެ

އެމެރިކާއިން ޗައިނާގައި ކުރާ ބައެއް ވިޔަފާރިތައް ހުއްޓުވަނީ

އަލީ އަޒްޔަން - އެމެރިކާ | 9 އޯގަސްޓު 2023 , ބުދަ 10:48   541

އެމެރިކާއިން ޗައިނާގައި ކުރާ ބައެއް ވިޔަފާރިތައް ހުއްޓުވަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރުމުގެ ގޮތުންނާއި، އެމެރިކާއިން ޗައިނާއަށް ބޭރުވާ ފައިސާގެ ޢަދަދުތައް މަދުކުރުން ކަމަށެވެ.

މީގެ ސަބަބުން އަނެއްކާ ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހީނަރުވެ، މަސްލަޙަތު ފުށުއަރައިގެން ދާނެކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

އަލަށް ވިޔަފާރިތަކަށް އެޅި ހުރަސްތަކުގެ ސަބަބުން ޕްރައިވެޓް އިކުއިޓީ އާއި ވެންޗާ ކެޕިޓަލް ވިޔަފާރިތަކަށް، ކުއަންޓަމް ކޮމްޕިއުޓިން، އާޓިފިޝަލް އިންޓެލިޖެންސް އަދި އެޑްވާންސް ސެމީކޮންޑަކްޓަރސް ފަދަ ވަރަށް ހައިޓެކް ދާއިރާތަކަށް އިންވެސްޓްމަންޓް ކުރުން މަނާވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ އެމެރިކާ އިން އުފައްދާ އާ ޓެކްނޮލޮޖީ އެހެންޤައުމުތަކަށް ފަސޭހައިން ދޫވެގެންދިއުން ހުއްޓުވުމަށް ވެސް އަމާޒުކުރެވިގެން އަޅާފައިވާ ފިޔަވަޅެކެވެ.

ބައިޑެންގެ ސަރުކާރުން ޗައިނާ އާއިއެކު އޮންނަ ގުޅުން ރަނގަޅުކުރަން މަސައްކަތަކެއް ކުރެއްވި ނަމަވެސް ދެމެހެއްޓެނިވިގޮތަކަށް މަސްރަޙް ފިނިކުރެވޭ ގޮތް ވަނީ ނުވެފައެވެ. މައިގަނޑު އެއް ސަބަބަކީ ޗައިނާގެ ސަބަބުން އެމެރިކާގެ އިޤްތިޞޯދަށް ބޮޑު އަސަރެއްކޮށް އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން ދާތީއެވެ.

ޓެގްސް: ޗައިނާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.